”ވިލުންތެރި ރާއްޖެ 2045“ އެކުލަވައިލުމަށް ރައްޔިތުންގެ ޚިޔާލު ހޯދަނީ

Loading

September 7, 2025
profile
Facebook
Twitter
WhatsApp
Oplus_16908288

ޤައުމީ ތަރައްޤީއަށް ކަނޑައަޅާފައިވާ ޕްލޭން ކަމަށްވާ ”ވިލުންތެރި ރާއްޖެ 2045“ އެކުލަވައިލުމަށްޓަކައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރަށްރަށަށް ދަތުރުކުރުން ފަށައިފިއެވެ.

މި ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ރަށެއްގެ ގޮތުގައި ގޮސްފައިވަނީ މާލެއަތޮޅު ގުރައިދުއަށެވެ.

މި ދަތުރުގައި އެރަށު ކައުންސިލާ ބައްދަލުކޮށް، ރަށުގެ ތަރައްޤީއަށް ކުރެވޭނެ މަސައްކަތާއި އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުން ރަށަށް ކުރިއެރުން ގެނުވާނެ ކަންކަމާގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ދަތުރުތަކުގެ މަގުސަދުތަކުގެ ތެރޭގައި، އެ ރަށެއްގެ އެކި ދާއިރާތަކުން މަޢުލޫމާތު އެއްކުރުމާއި، ދިމާވާ އެކިއެކި ގޮންޖެހުންތައް ދެނެގަތުމާއި، މުސްތަގުބަލުގައި އެ ބައެއްގެ ރަށް އޮންނަން ބޭނުންވާގޮތުގެ މަޢުލޫމާތު ހިއްސާކުރުން ހިމެނެއެވެ.

މި ކަންކަމާ ގުޅޭގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ހިންގާނީ އެ ރަށެއްގެ ރައްޔިތުންނާއި އެކި އިދާރާތައް ގުޅިގެން، ކަމާބެހޭ ތަޖުރިބާކާރުންގެ ލަފާގެ މަތިން ކަމަށް، ”ވިލުންތެރި ރާއްޖެ 2045″ގެ ޕްރޮޖެކްޓް މެނޭޖަރު ޙާމިދު ޞާދިޤު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިލުންތެރި ރާއްޖޭގެ ޓީމުތައް ކުރާ ދަތުރުތަކުގައި ”ކުރިމަގު ސައްލާ“ގެ ނަމުގައި ކޮންމެ ރަށެއްގައިވެސް އެ ރަށެއްގެ ރައްޔިތުންނާއި އެކި އިދާރާތަކާ ބައްދަލުކުރާނެއެވެ.

މި އަހަރުން ފެށިގެން 2045ށް ރާވާފައިވާ 20 އަހަރު ދުވަހުގެ ޤައުމީ ތަރައްޤީގެ ޕްލޭނަކީ ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން ހޯދައިގެން ރާވަމުންދާ ޕްލޭނެކެވެ

Loading

Leave a Reply

ފަހުގެ އަޕްޑޭޓް