އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށް ޞިއްޙީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ގޭގެއަށް ގޮސްދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ ކޮމިއުނިޓީ ނާރސް ވޮލަންޓިއަރސް (ސީއެންވީ)ގެ ފަރާތުން މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމްއާއެކު ބޭއްވި ބައްދަލުވުމުގައެވެ.
އެގޮތުން މި ބައްދަލުވުމުގައި ސީއެންވީއިން ވަނީ ގޭގައި ތިއްބަވާ އުމުރުން ދުވަސްވީ މީހުންނަށް ޕްރިވެންޝަން ޕްރޮގްރާމްތަކާއި ރިސްކް ފެކްޓަރސް ދެނެގަތުމާއި، ސޭފް މޮބިލިޓީ ޕްރޮމޯޓްކުރުމާއި، ކަސްރަތު ކުރުން ފަދަ ކަންކަން ކުރިއަށް ގެންދިއުމުގެ އިތުރުން ބެލެހެއްޓުންތެރިންނަށް ތަމްރީނު ދިނުމާއި، ގޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ސަބަބުން އަނިޔާތައް މަދުކުރުން ފަދަ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މިނިސްޓަރ ވަނީ ސީއެންވީގެ މަސައްކަތަށް ތައުރީފު ކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.