ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މެޑިކަލް ކޭމްޕެއް ބާއްވައިފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މެޑިކަލް ކޭމްޕެއް ބާއްވައިފިއެވެ.

އެ މެޑިކަލް ކޭމްޕް އިންތިޒާމްކޮށްފައި ވަނީ ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްއިންނެވެ.

އެގޮތުން އެ މެޑިކަލް ކޭމްޕް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމެވެ.

މިމެޑިކަލް ކޭމްޕް ބާއްވާފައިވަނީ މިއަދު ހަވީރު 4 އިން ރޭގަނޑު 10:30އަށެވެ.

”މި ކޭމްޕަކީ އެކި ސްޕެޝަލިޓީގެ ޑޮކްޓަރުންނާ ބައްދަލުކޮށް، ސިއްޙަތާ ގުޅޭ މަޢުލޫމާތު ހޯދައި، ޗެކަޕް ހެދުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި ބޭއްވި މެޑިކަލް ކޭމްޕެއް“ ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްއިން ބުނެފައި ވެއެވެ.

ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްއަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިޖްތިމާޢީ ގުޅުން ބަދަހިކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ.

މި ޖަމްޢިއްޔާއިން ދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް އަމާޒުކޮށް ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް