އައްޑޫ ސިޓީގައި ކަރަންޓު ކޭބަލެއް ބުރިކުރަން އުޅުނު މީހަކު ފިހިގެން ފަރުވާދެނީ

Loading

September 6, 2025
profile
Facebook
Twitter
WhatsApp

އައްޑޫ ސިޓީގައި ރޭ މެންދަމު ކަރަންޓު ކޭބަލެއް ބުރިކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި ފިހުނު މީހަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެއެވެ. 

އުމުރުން 33 އަހަރުގެ މި މީހާގެ ފުރާނައަށް ނުރައްކާ ނުވިނަމަވެސް، ކަނާތާއި ވާތުފައި ފިހިފައިވާތީ ޓެސްޓުތަކެއް ހަދަމުން އަންނަ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ޚަބަރުތައް ބުނެއެވެ. 

ރޭ މެންދަމު 2.30ހާއިރު އައްޑޫ ސިޓީގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައިވާއިރު، ފެނަކައިން ބުނީ ކަރަންޓު ކެނޑެން މެދުވެރިވީ ކޭބަލެއް ބުރިކުރުމުގެ ސަބަބުން ސޯޓުވެގެން ކަމަށެވެ.

މި މައްސަލަ ހައްލުކޮށް ހުރިހާ ސަރަހައްދަކަށް ކަރަންޓު ދެވޭވަރުވީ ހެނދުނު 6.00 އެހާކަންހާއިރުއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދީފައިވަނީ އާރޭފް ސަރަހައްދުގައި ހުންނަ މަރުކަޒީ އިންޖީނުގެއިންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް