ކޮރަޕްޝަން މައްސަލައެއްގައި އިންޑޮނޭޝިއާގެ ކުރީގެ ތައުލީމާއިބެހޭ ވަޒީރު ހައްޔަރުކޮށްފި

Loading

September 6, 2025
profile
Facebook
Twitter
WhatsApp

އިންޑޮނޭޝިއާގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އަދި ގޯޖެކްގެ ކޯ ފައުންޑަރު ނަދީމް މަކަރީމް ލެޕްޓޮޕްތަކެއްގެ ޕްރޮކިއުމަންޓާއި ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ތަހުގީގު ކޮށް ނިމެންދެން ބަންދުކޮށްފިއެވެ.

އިންޑޮނޭޝިއާގެ އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފައިވާ ގޮތުގައި، ވަކި ލެޕްޓޮޕް ބްރޭންޑަކަށް މަންފާއެއް ހޯދައިދިނުމުގެ ގޮތުން ޕަބްލިކް އޮތޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރަމުންދާއިރު، މި ތަހުގީގަށް ފުރުސަތު ދިނުމަށްޓަކައި ނާދިމް 20 ދުވަހަށް ބަންދުކުރާނެ ކަމަށެވެ.

މިގޮތުން، ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ނާދިމް ވަނީ 2021 ވަނަ އަހަރު ހަމައެކަނި ގޫގުލްގެ ކްރޯމްބުކްތަކަށް ޕްރޮކިއުމަންޓް މަރުހަލާގައި ކާމިޔާބުވާގޮތަށް ޕްރޮކިއުމަންޓް ސްޕެސިފިކޭޝަންތަކަށް ބަދަލުތަކެއް ގެނެސްފައެވެ. ޕްރޮސެކިއުޓަރުން ލަފާކުރާ ގޮތުގައި މިކަމުގެ ސަބަބުން ދައުލަތަށް ގާތްގަނޑަކަށް 1.98 ޓްރިލިއަން އިންޑޮނޭޝިއާ ރުޕީސް (ގާތްގަނޑަކަށް 120.3 މިލިއަން އެމެރިކާ ޑޮލަރު) ގެ މާލީ ގެއްލުމެއް ލިބިފައިވެއެވެ.

ރިޕޯޓުތަކުން ހާމަވާ ގޮތުގައި އެ އަމުރު ނެރުމުގެ ކުރިން ނަދީމް ވަނީ ގޫގުލް އިންޑޮނޭޝިއާގެ މަންދޫބުންނާ ހަ ފަހަރު ބައްދަލުކޮށްފަ އެވެ. ޖުލައި މަހު ވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ގޯޖެކް އާއި ޓޮކޯޕީޑިއާ އެއްކޮށްލައިގެން އުފެއްދި ޓެކް ކޮންގްލޯމެރޭޓް ގޯޓޯ ގޯޖެކް ޓޮކޯޕީޑިއާގެ އޮފީސްތަކަށް ވަދެ ތަހުގީގަށް އިތުރު ހެކިތައް އެއްކޮށްފައެވެ.

ނާދީމް އެ ތުހުމަތުތަކަށް އާންމުކޮށް ޖަވާބެއް ދެއްވާފައި ނުވާއިރު، ނާދިމް ގޯޖެކް ދޫކޮށްލައްވާފައިވަނީ 2019 ވަނަ އަހަރު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ. އަދި 2024 ވަނަ އަހަރާ ހަމައަށް ތައުލީމީ ވުޒާރާގެ ވަޒީރުކަމުގައި ހުންނެވިއެވެ. އަދި އޭނާގެ ވަކީލުވެސް މިހާތަނަށް މިމައްސަލައާއި ގުޅޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް