ގެއްލިގެން ހޯދަން އިޢުލާންކުރި މީހާ ފެނިއްޖެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ ޝަހުމުﷲ ސާޖިދު (33އ) މަންޒިލް / ބ. ކެންދޫ، އަތޮޅުތެރޭގެ ރަށެއްގައި ހުރި ކަމަށް ފުލުހުންނަށް ގުޅައި މަޢުލޫމާތު ދީފައިވާކަމަށެވެ.
އޭނާ ހޯދަންފަށާފައިވަނީ ޢާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާކަމަށް މި މަހުގެ 04ވަނަ ދުވަހު ޢާއިލާއިން އަންގާފައިވާތީ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭނާ މިހާރު ފެނިފައިވާއިރު، ފުލުހުން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
![]()
