ހެންވޭރު ގެއެއްގެ ޓެރަސްމަތީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

Loading

Facebook
Twitter
WhatsApp

ހެންވޭރު ގެއެއްގެ ޓެރަސްމަތީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހެންވޭރު ގެއެެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މިއަދު 08:19 ހާއިރު ލިބިފައިވާ ކަމަށެވެ.

އަލިފާން ރޯވެފައި ވަނީ ހ. ފެނިގެއްލިދާގޭގެ ޓެރަސްމަތީ ހުރި ކުނިތަކެއްގައެވެ.

ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ވަނީ ނިއްވާލައިފައެވެ. އަދި ފަޔަރފައިޓަރުން ކުރި މަސައްކަތުން އެ ގޭގެ ޓެރަސްމަތީ ހުރި ކުނިތަކުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު 08:36 ހާއިރުއެވެ. 

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް