އޮޅުން އަރާ ކަންކަން އޮޅުން ފިލުވައިދޭން ”އިމިގްރޭޝަން އިންސައިޓްސް“ ޕްރޮގްރާމް އިފްތިތާޙުކޮށްފި

Loading

Facebook
Twitter
WhatsApp

އޮޅުން އަރާ ކަންކަން އޮޅުން ފިލުވައިދޭން ”އިމިގްރޭޝަން އިންސައިޓްސް“ ޕްރޮގްރާމް އިފްތިތާޙުކޮށްފިއެވެ.


އިމިގްރޭޝަނުން މިރޭ ބުނީ އޮޅުން އަރާ ކަންކަން އޮޅުން ފިލުވައިދޭން ”އިމިގްރޭޝަން އިންސައިޓްސް“ ޕްރޮގްރާމް އިފްތިތާޙުކޮށްފައިވާ ކަމަށެވެ.

އެ ޕްރޮގްރާމް އިފްތިތާހުކޮށްފައި ވަނީ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ކަމަށް އިިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން ބުނީ މި ޕްރޮގްރާމްގެ މަޤްސަދަކީ އިމިގްރޭޝަންގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ގިނައިން އޮޅުންއަރާ ކަންތައްތައް ސާފުކޮށްދިނުން ކަމަށެވެ.

އަދި އެންމެ ފަހުގެ މަޢުލޫމާތުތައް ތަފްސީލާއެކު އާންމުންނަށް ފޯރުކޮށްދިނުން އެ ޕްރޮގްރާމް އިފްތިތާހުކުރި މަގްސަދުގެ ތެރޭގައި ހިމެނޭ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.

އިމިގްރޭޝަނުން ބުނީ މި ޕްރޮގްރާމުގެ އެޕިސޯޑުތައް މި ސެޕްޓެމްބަރު މަހު ފެނިގެންދާނެ ކަމަށެވެ.

Loading

One Response

  1. އެޕިސޯޑުތައް ފެންނާނީ ކޮންތާކުންތޯ އޮޅުންއަރާފަ މިހިރީ. އޮޅުންފިލުވަން އެހެންޕްރޮގްރާމެއް ޖައްސާ!! ހެހެހެހެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް