ފަގީރުކަން ކުޑަކުރުމުގައި މެލޭޝިއާއިން ހޯދި ކާމިޔާބީއަށް ވޯލްޑް ބޭންކުގެ ތައުރީފް!

Loading

September 4, 2025
profile
Facebook
Twitter
WhatsApp

ފަގީރުކަން ކުޑަކުރުމާއި، ގިނަ އަދަދެއްގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމުގައި މެލޭޝިޔާއިން ހޯދާފައިވާ ކާމިޔާބީތަކަށް ވޯލްޑް ބޭންކުން ތައުރީފުކޮށްފިއެވެ.

ވޯލްޑް ބޭންކުން ބުނެފައިވާގޮތުގައި، ތަރައްޤީވަމުން އަންނަ ގިނަ ޤައުމުތަކާއި ޚިލާފަށް މި ކާމިޔާބީގެ ނަތީޖާއެއްގެ ގޮތުން މެލޭޝިޔާގައި ދާއިމީ އާބަން ސްލަމްތަކެއް އުފެދިފައި ނުވެއެވެ.

މެލޭޝިއާގެ ކާމިޔާބީ ފާހަގަކުރައްވައި، ވޯލްޑް ބޭންކުގެ ލީޑް އިކޮނޮމިސްޓް ފޯ މެލޭޝިއާ ޑރ. އަޕޫރްވާ ސަންގީ ވިދާޅުވީ، މިނިވަންކަން ލިބުމަށްފަހު މެލޭޝިޔާގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެމުން ދިޔައީ ފަގީރުކަމުގެ ތެރޭގައެވެ.

އަދި މިއަދު އެ އަދަދު 6 އިންސައްތައަށް ދަށްކުރެވިފައިވާކަން ފާހަގަކޮށް އޭނާ ވިދާޅުވީ، 14 މިލިއަނަށް ވުރެ ގިނަ މީހުން ފަގީރުކަމުން ސަލާމަތްވެފައި ވާކަމަށެވެ.

އަދި މެލޭޝިޔާގެ ސެޓްފިކެޓްތަކާއި، ސްޓޭންޑަރޑްތަކަކީ ދުނިޔޭގެ ބެންޗްމާކެއްގެ ގޮތުގައި ބަލައިގަންނަ ތަކެތި ކަމަށާއި، މިއީ އެގައުމުގެ އިޖުތިމާއީ-އިގްތިސާދީ ތަރައްގީގެ ވަރުގަދަކަން ދައްކުވައިދޭ ކަމެއް ކަމަށް ޑރ. ސަންގީ ވިދާޅުވި އެވެ.

މެލޭޝިއާގެ ތަޖުރިބާއަކީ ބައިނަލްއަޤްވާމީ ދުނިޔޭގައި ކުރިއެރުމާއި އިޖުތިމާއީ ބައިވެރިކަން ބެލެންސް ކުރުމަށް މޮޑެލްއެއްގެ ގޮތުގައި ބަލައިގަންނަ އެއްޗެއްކަމަށްވާއިރު، މެލޭޝިއާގެ ތަޖުރިބާއިން މިފަދަ ނަތީޖާތަކެއް ހާސިލް ކުރަން މަސައްކަތްކުރާ އެހެން ގައުމުތަކަށް ފިލާވަޅުތަކެއް ލިބިގެންދާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް