ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސެކްރެޓަރީންގެ މަޤާމުގެ ޒިންމާތައް ކަނޑައެޅުމުގައި އާ އުސޫލެއް

Loading

Facebook
Twitter
WhatsApp
ޕީސީބީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސެކްރެޓަރީންގެ މަޤާމުގެ ޒިންމާތައް ކަނޑައެޅުމުގައި އާ އުސޫލުތަކެއް އެކުލަވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކުންފުނީގެ ސެކްރެޓަރީންގެ މަޤާމުގެ މަސްއޫލިއްޔަތާއި ޒިންމާތައް ކަނޑައެޅުމާއި، އެ މަޤާމަށް މީހުން ހޯދުމާއި ވަކިކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ އާ އުސޫލެއް އެކުލަވާލައި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ.) އިން ފާސްކޮށްފައިވާ ކަމަށެވެ.

މި އުސޫލު ފާސްކޮށްފައިވަނީ 27 އޮގަސްޓް 2025 ގައި ބޭއްވުނު ޕީ.ސީ.ބީ.ގެ ޖަލްސާގައި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މިއީ ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލެވިފައިވާ އުސޫލެކެވެ.

އެގޮތުން މި އުސޫލުގެ މައިގަނޑު މަޤްސަދަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކުންފުނީގެ ސެކްރެޓަރީންނަކީ ކަމަށް އެކަށޭނެ ޤާބިލު ބަޔަކަށް ހެދުމަށާއި، މަޤާމުގެ މަސްއޫލިއްޔަތުތައް އެއްހަމަކުރުމަށާއި، އެ މަޤާމަށް މީހުން ނެގުމާއި މަޤާމުން ވަކިވުމާއި ވަކިކުރާނެ އުސޫލުތައް އެއް އުސޫލަކުން ދެފުށްފެންނަގޮތަކަށް ބަޔާންކުރުމެވެ.

މީގެ އިތުރުން، ކުންފުނީގެ ސެކްރެޓަރީންގެ މަސައްކަތާއި، ކުންފުނީގެ ބޯޑުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެ މަޤާމަށް ދޭންޖެހޭ ހައިބަތާއި ޤަދަރު ލިބުމަށް މަގުފަހިކުރުމަށްވެސް މި އުސޫލުން ބާރު އަޅައެވެ.

މި އުސޫލުގައި، ކުންފުނީގެ ސެކްރެޓަރީގެ މަޤާމުގެ ތަޢުލީމާއި ތަޖުރިބާގެ ޝަރުޠުތަކާއި، މަޤާމުގެ ޒިންމާތަކާއި، ކުންފުނީގެ ސެކްރެޓަރީން އައްޔަނުކޮށް ވަކިކުރެވޭނެ އިޖުރާއަތުތައް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. މި އުސޫލުގެ ފުރިހަމަ ތަފްސީލުތައް ހިމެނޭ ސާރކިއުލާރ ޕީ.ސީ.ބީ.އިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފޮނުވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް