ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު އިސްވެ ހުންނަވައިގެން 2018ވަނަ އަހަރު އުފެއްދެވި މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އިލެކްޝަންސް ކޮމިޝަނުން އުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނެފައިވާ އަދަދަށް މެންބަރުން ހަމަވެފައި ނުވާތީ 2 ސެޕްޓެމްބަރުން ފެށިގެން އެ ޕާޓީ އުވާލައި، ސިޔާސީ ޕާޓީގެ ދަފުތަރުން އުނިކުރުމަށް ނިންމާފައިވާކަމަށެވެ.
ގާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ގާނޫނު)ގެ 30 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ލާޒިމުކުރާ 3000 (ތިންހާސް) މެންބަރުން ހަމަކުރުމަށް އެމްޓީޑީއަށް ދިން މުއްދަތުގައި، އެ އަދަދު ހަމަކުރެވިފައި ނުވާކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އެމްޓީޑީން ކުރިން ބައެއް ސިޔާސީ ހަރަކާތްތައް ހިންގިނަމަވެސް، ފަހަކަށްއައިސް އެ ޕާޓީގެ އެއްވެސް ހަރަކާތެއްވެސް ހިންގާފައެއް ނުވެއެވެ.
![]()
