250،000 އޮސްޓްރޭލިޔާ ޑޮލަރުގެ ކުޅޭއެއްޗެތި ވަގަށް ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފި

Loading

September 2, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އޮސްޓްރޭލިޔާގެ އެޑިލައިޑްގައި ގިނަ އަދަދަކަށް ކުޅޭ އެއްޗެތި، ޚާއްސަ ކޮށް ކުޑަކުދިން ރާވާ ބްލޮކްސް(ލެގޯ ސެޓް) ވަގަށް ނަގަމުން ދިޔަ މީހަކު އެ ގައުމުގެ ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިމީހާ ވަގަށް ނަގާފައިވާ 2،500 އައިޓަމް ފެނިފައިވާއިރު، އޭގެ ތެރޭގައި ނުކަނޑާ އޮތް 1،700 ލެގޯ ފޮށި ހިމެނެއެވެ. މި ތަކެތި ފެނިފައި ވަނީ އެ މީހާ އުޅެމުން އައި ގެ ބަލާފާސް ކުރުމުގެ ތެރޭ ގައެވެ. އެޑިލައިޑްގެ ޑިޕާޓްމަންޓް ސްޓޯރު ތަކުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ މި ކުޅޭ ތަކެތި އެ މީހާ ދިޔައީ އޮންލައިންކޮށް ވިއްކަމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.


އުމުރުން 48 އަހަރުގެ މި މީހާ ވަގަށް ނަގާފައިވާ ކުޅޭ ތަކެތި ތިން ޓްރަކަށް އެޅޭވަރަށް ހުރިކަމަށް ވެއެވެ. ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ލެގޯގެ އިތުރުން ސޮފްޓް ޓޯއީސް، ފެންބަޑި، އަދި ޓޯއީ ޓްރަކްތައް ހިމެނެއެވެ. މިތަކެތީގެ އަގު 250،000 އޮސްޓްރޭލިޔާ ޑޮލަރަށް އަރާކަމަށް ވެއެވެ.

އަދި ގިނަ ތަކެއްޗަކީ އަގުބޮޑު، ”ބްރޭންޑަޑް“ ތަކެތި ކަމަށްވެސް ވެއެވެ.
ކުޅޭ އެއްޗެތި ވަގަށް ނަގާމީހާ ހިފިފައިވަނީ ރީޓެއިލް ފިހާރަތަކުން ވައްކަން ކުރާމިންވަރު އިތުރުވެ،އެކަމާ ދެކޮޅަށް ހިންގުނު އޮޕަރޭޝަން އެއްގެ ތެރޭންނެވެ.މިއޮޕަރޭޝަންގައި 2،500 މީހުން ހައްޔަރު ކުރި ކަމަށް ޚަބަރު ލިބެއެވެ.
ފިހާރަތަކުން ވައްކަން ކުރުން ފަހަކަށް އައިސް މުޅިދުނިޔޭގައިވެސް އިތުރު ވެފައިވާ ކަމަށް ވެއެވެ. އިގިރޭސި ވިލާތުގައިވެސް 2024 ސެޕްޓެމްބަރުމަހާހަމަޔަށް ހިނގި 12 މަހު، 20 މިލިއަން ވައްކަން ރިޕޯޓް ކުރެވި ރީޓެއިލަރުންނަށް 2 ބިލިއަން ޕައުންޑްގެ ގެއްލުން ލިބިފައިވާ ކަމަށް ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް