އިންޑޮނީޝިޔާގައި ސަރުކާރުގެ ކޮރަޕްޝަން އިންތިހާ ދަރަޖަޔަށް މައްޗަށް ގޮސްފައިވާތީ އެކަން ހުއްޓުވުމަށް އާންމުން ކުރަމުންގެންދާ އިހުތިޖާޖްތަކާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އެތައްބަޔަކު މަރުވެ އިމާރާތްތަކަށް ގެއްލުން ދެމުން އެބަދެއެވެ. މިގޮތުން އާންމުން ތަންތާ ހުޅުޖަހާ ވެރިންގެ މުދަލަށް ގެއްލުން ދެމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ.
އާންމުންގެ ރުޅިގަނޑު ފަޅައިގެން ގޮސްފައިވަނީ ސަރުކާރާ ދެކޮޅު މުޒާހަރާތައް ކުރިޔަށް ދަނިކޮށް އުމުރުން 21 އަހަރުގެ ޑެލިވަރީ ކުއްޖަކަށް ފުލުހުން ހަމަލާދީ އެކުއްޖާ މަރާލިހަމައިންނެވެ. އެހާދިސާއަށްފަހު ނިކުން އާންމުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ވެރިރަށުގައި ފެށުނު އިހުތިޖާތައް މުޅިގައުމަށް ފެތުރި، ފުލުހުންނާ ސިފައިންނަށް ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ކަންތައްތައް މިހާރު ވަނީ ގޮސްފައެވެ.
ތަކެތީގެ އަގު އިންތިހާޔަށް ބޮޑުވެ އާންމު ދިރިއުޅުން ދަތިވެފައިވާމިދަނޑިވަޅުގައި މަޖިލީސް މެމްބަރުންގެ މުސާރަޔަށް މަހަކު 100 މިލިއަން ރުޕިއާ (ގާތްގަނޑަކަށް 6،100 ޔޫއެސްޑޮލަރު) މަހަކު ލިބޭ ކަން ދާދި ފަހުން ހާމަ ވުމާއި ގުޅިގެން އާންމުން ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.
އޮގަސްޓް 25 ވަނަ ދުވަހު ފެށުނު އާންމުންގެ އިހުތިޖާޖުތައް ވަރުގަދަވެ މިހާރުވަނީ ކޮންޓްރޯލުން ނައްޓާލާފައެވެ. ހޯމަ ދުވަހާހަމަޔަށް އައިއިރު ހަމަނުޖެހުން ތަކުގައި ހަތް މީހުން ވަނީ މަރުވެފައެވެ.އަދި މަޖިލިސްމެމްބަރުންނާއި ސަރުކާރު މިނިސްޓަރުންގެ މުދަލަށް އިހުތިޖާޖު ކުރާމީހުން ދަނީ ގެއްލުން ދެމުންނެވެ.
ދާދި ފަހުން ބޮޑުކުރެވުނު މަޖިލީސް މެމްބަރުގެ މުސާރަޔަށް ބަލާއިރު،
ބޭސިކް މުސާރަ 4،200،000 މިލިއަން ރުޕިއާ
ސްޕައުސް އެލަވަންސް ރުޕިއާ 420،000
ކުދިންގެ އެލަވަންސް ކުއްޖަކަށް 168،000 ރުޕިއާ
އިނާޔަތް ތަކަށް ބަލާއިރު ،
ޕޮޒިޝަން އެލަވަންސް 9،700،000 ރުޕިއާ
އޮނޮރޭރިއަމް އެލަވަންސް : 5،580،000
ކޮމިޔުނިކޭޝަން އެލަވަންސް 15،554،000
އޯވަސައިޓް އެލަވަންސް : 3،750،000
ޔުޓިލިޓީސް : 7،7000،000
އެސިސްޓަންޓް ސްޓާފް އެލަވަންސް : 2،250،000
ހައުސިންގ އެލަވަންސް : 50،000،000
ހައުސިންގ އެލަވަންސް ނުލާ 54 މިލިއަނަށް އަރާއިރު 50 މިލިއަންގެ ހައުސިންގ އެލަވަންސް ލުމުން 100 މިލިއަނަށް ވުރެ މާމައްޗަށް އަރައެވެ. މިއީ އިންތިހާ ދަރަޖައިގެ ދަތިހާލުގައި އުޅެމުންދާ އާންމުން ގަބޫލުވާނެ ގޮތެއް ނޫނެވެ.
އާންމުންގެ ރުޅިގަނޑު ދުނިޔެއަށް ފޮރުވުމަށް ސަރުކާރުން ދަނީ ފިޔަވަޅު އަޅަމުންނެވެ.މިގޮތުން ޓިކްޓޮކްފަދަ މަގްބޫލު ސޯޝަލްމީޑިޔާ ޕްލެޓްފޯމްތައް ވަނީ ބަންދުކޮށްފައެވެ. އާންމުން ބުނާ ގޮތުގައި ސުލްހަވެރި މުޒާހަރާއަށް ފުރުސަތު ނުދީ ސަރުކާރުން މިހާރު ހަދަމުންދާގޮތަށް ފުލުހުންނާއި ސިފައިން ބޭނުންކޮށް،އާންމުންނާ ދެކޮޅަށް އެމީހުން ދޭހަމަލާތައް ވަރުގަދަ ކުރުމުން މައްސަލަޔަށް ހައްލެއް ލިބުމުގެ ބަދަލުގައި ކަންތައް ހައްތަހާ ގޯސްވާނީއެވެ. ބައެއް އާންމުން ބުނެފައިވާ ގޮތުގައި އިހުތިޖާޖްތައް ބޮޑަށް ކުރިޔަށްދާ ތަންތަނުގެ މަގުމަތީގެ ބޮކިތައް ސަރުކާރުން ނިވާލައެވެ.މިހެން ހެދުމުން ފުލުހުން ދޭ ހަމަލާތައް ވަރުގަދަ ކުރުމަށް ފުރުސަތު ލިބި މަރުވާ މީހުންގެ އަދަދުދަނީ އިތުރު ވަމުންނެވެ.
އާންމުން ބޭނުންވަނީ ސަރުކާރުން ހަމަހަމަ ކަން ގާއިމް ކުރުމަށެވެ. ބޭސްފަރުވާގެ ޚިދުމަތް އެންމެނަށް އެއްވަރަކަށް ލިބޭގޮތް ހެދުމަށާ ތައުލީމާ ދަނޑުވެރިކަން ފަދަ ކަންކަމަށް ސަރުކާރުން އިސްކަން ދިނުމަށެވެ. ސީދާ ރައީސް އަށާ މިނިސްޓަރުން އަދި މަޖިލިސްމެމްބަރުން ވެސް އެގައުމުގެ ހޮސްޕިޓަލް ތަކުން ކުރެވެން ހުންނަ ކުދިކުދި ކަންތައްތަކުގައި ފަރުވާ ހޯދުމަށް ގައުމުން ބޭރަށް ނުދެވޭނެ ގޮތް ހެދުމަށް އާންމުން ދަނީ ގޮވާލަމުންނެވެ. އަދި ޓެކްސް ޕޭޔަރުންގެ ފައިސާ ޚަރަދު ކުރާގޮތުގެ ތަފްސީލްތައް އާންމު ކުރުމަށް ވެސް ދަނީ ގޮވާލަމުންނެވެ.
އާންމުން ބުނަނީ ސަރުކާރުން ”ޑަރޓީ“ ކޮން ކުޅެން އުޅޭނަމަ އާންމުވެސް ކުޅޭނީ ”ޑަރޓީ“ ކޮންކަމުގައެވެ.
އިންޑޮނީޝިޔާގައިވެސް މަޖިލީސް މެންބަރުންގެ މުސާރަ ކަނޑައެޅީ އެމީހުން އަމިއްލަޔަށެވެ. އިންޑޮނީޝިޔާ ގައި އާންމުން މުޒާހަރާ ކުރަމުންދަނީ މަޖިލީސްމެމްބަރުގެ މުސާރަ މިނިމަމް ވޭޖްއަށް ވުރެ ދިހަ ގުނަ އިތުރު މުސާރަ އަކަށްވާތީއެވެ.
ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މުސާރައަކީ 82،500 ނަމަ، އަދި މިނިމަމްވޭޖް އަކީ 4000 ނަމަ މަޖިލީސް މެންބަރަކަށް ލިބޭ މުސާރަ، މިނިމަމްވޭޖް އަށް ވުރެ 20 ގުނަ އިތުރެވެ.
މައުލޫމާތު : ބީބީސީ، ދަގާޑިއަން، އިންޓަނެޓް
![]()
