ފާއިތުވި މަހު ވޭޕުގެ މައްސަލަތަކުގައި 150,000 ރުފިޔާގެ ޖޫރިމަނާ

Loading

September 1, 2025
profile
Facebook
Twitter
WhatsApp
Man Holding Vape And Tobacco Cigarette Over Desk

ފާއިތުވި އޯގަސްޓު މަހު، ވޭޕް ގެންގުޅެ އޭގެ ބޭނުންކޮށް ވިޔަފާރިކުރި ފަރާތްތައް ޖުމުލަ 150,000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާކޮށްފައި ވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ވޭޕާ ގުޅުންހުރި 11 މައްސަލައެއް މިދިޔަ މަހު ބަލާފައިވެއެވެ. އެއީ ވޭޕް ގެންގުޅުމުގެ 4 މައްސަލައާއި، ވޭޕް ބޭނުންކުރުމުގެ 4 މައްސަލައާއި، ވޭޕާ ގުޅުންހުރި އެހެނިހެން 3 މައްސަލައެކެވެ.

މި މައްސަލަތަކުގައި، ޖޫރިމަނާކުރި 30 މީހުންގެ ތެރޭގައި ހިމެނެނީ ވޭޕް ބޭނުންކުރި 14 މީހުންނާއި ވޭޕް ގެންގުޅުނު 16 މީހުންނެވެ. ވޭޕް ބޭނުންކުރި މީހުން ޖުމުލަ 85,000 ރުފިޔާއިން، އަދި ވޭޕް ގެންގުޅުނު މީހުން 65,000 ރުފިޔާއިން ޖޫރިމަނާކޮށްފައި ވާކަމަށްވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު 15އިން ފެށިގެން ވަނީ މަނާކޮށްފައެވެ.

ނަމަވެސް އޭރު އަދި ފުލުހުންނަށް ވޭޕް އަތުލުމުގެ ބާރު ލިބިދީފައެއް ނޯވެއެވެ. މި ބާރު ފުލުހުންނަށް ލިބިދީފައިވަނީ ހެލްތު މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު އާއްމުކުރި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާއްމު ގަވައިދުގެ ދަށުންނެވެ.

މި ގަވައިދުގެ ދަށުން:

* ވޭޕްގެ އާލާތެއް ގެންގުޅޭނަމަ 2،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. 

* އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅުހަދައިފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

ގާނޫނުގައި ވާގޮތުން، ވޭޕްކޮށްފިނަމަ 5،000 ރުފިޔާއިން، ހިލޭ ވޭޕެއް ދީފިނަމަ 10،000 ރުފިޔާއިން، އަދި ވޭޕް ވިއްކައިފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. 

މީގެ އިތުރުން، އުމުރުން 21 އަހަރު ނުވާ މީހަކަށް ވޭޕް ވިއްކައިފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

Loading

One Response

  1. އަންނަ ކައުންސިލް އިންތިޚާބާއި ދިމާކޮށް ތި މާފުކޮށްލަ ދެއްވާނެވެ. އެހެނީ ވޭ ޕެއްނޫން ކޮންމެއެއޗެސް ދީގެންވެސް ރައްޔަތުމީހާގެ ވޯޓް ގަނެލާނެއެވެ. ދެން ވޯޓް ލިބުމަށްފަހު އަލުން ރައްޔަތުމީހާއާއި ދިމާ ކުރުންވެސް ކުރިއަށް ގެންދެވޭނެތާއެވެ. ވޯޓް! ވޯޓް1

Leave a Reply

ފަހުގެ އަޕްޑޭޓް