ކޮލަމާ ބޯޓު ފެނިއްޖެ، ކެޕްޓަން މިހާރު ވަނީ ނިޔާވެފައި

Loading

September 1, 2025
profile
Facebook
Twitter
WhatsApp

ރޭ ލ. އަތޮޅުން ފުރި ގއ. ކޮލަމާފުށީ ބޯޓެއް ކަމަށްވާ ”ކޮލަމާ“ ބޯޓު ފެނިފައިވާ ކަމަށާއި، ބޯޓުގެ ކެޕްޓަން ގއ. ކޮލަމާފުށި، ދޮންވެލި، އާދަމް ސަޢީދު (ސައީދުބެ) މިހާރު ނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެކެފަރަ ސަރަހައްދުން މި ބޯޓު ފެނުނުއިރު ކެޕްޓަން އޮތީ ޚަބަރުހުސްވެފައި ކަމަށާއި، ފުލުހުންގެ ލޯންޗެއްގައި ގއ. ވިލިނގިލީ ހޮސްޕިޓަލަށް އޭނާ ގެންދިޔައިރުވެސް ނިޔާވެފައި ވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ޚަބަރުލިބެއެވެ.

މާލެއިން މުދާ ހިފައިގެން އެކި ރަށްރަށަށް ދަތުރުކުރާ ކޮލަމާ ބޯޓު ގެއްލިގެން ހޯދަންފެށީ، ފުރިފަހުން އެއްވެސް ޚަބަރެއް ނުވެގެން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. 

ރޭ ލ. އަތޮޅުން ފުރައިގެން އެ ބޯޓު ދަތުރުކުރަމުންދިޔައީ ގއ، އަތޮޅަށް ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް