ބަލްގޭރިއާ ގޯލްޑަން ވިސާ 2025: ޝެންގެން އެންޓްރީ، ފުރަތަމަ ދުވަހު ޕީއާރު، އަދި ފަސް އަހަރަށް ފަހު ސިޓިޒަންޝިޕް

Loading

August 25, 2025
profile
Facebook
Twitter
WhatsApp

ޔޫރަޕިއަން ޔޫނިއަންގެ އެންމެ ޒުވާން މެމްބަރުކަމުގައިވާ ބަލްގޭރިއާ، އިންވެސްޓްމަންޓް ހަބެއްގެ ގޮތުގައި ފާހަގަވެފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ޝެންގޭން އޭރިއާއާ ރަސްމީކޮށް ގުޅުމަށް ފަހުގައެވެ.

މި ސްކީމްގެ ދަށުން އިންވެސްޓަރުންނަށް ޔޫރަޕްގައި ރެޒިޑެންސީގެ އިތުރުން، ދިގު މުއްދަތުގެ ސެކިއުރިޓީ ކަށަވަރު ކުރެވޭއިރު، އެއް އެޕްލިކޭޝަނެއްގެ ދަށުން އަނބިމީހާއާއި، ދަރިންނާއި، މައިންބަފައިނަށްވެސް އެފުރުސަތުތައް ކަށަވަރުކުރެވެއެވެ. ދުނިޔޭގެ ގިނަ އިންވެސްޓަރުންނަށް ބަލްގޭރިއާއިން ހުށައަޅާ ޝެންގެން މޮބިލިޓީ އާއި ސިޓިޒަންޝިޕް ގެރެންޓީ އަކީ މިސަރަހއްދުގައި ފާހަގަކޮށްލެވޭ ފުރުސަތެކެވެ.

މި ފިޔަވަޅަކީ، ދިވެހިރާއްޖެ ހިމެނޭ ގޮތަށް އެހެން ގައުމުތަކުން ވެސް ”ރެޒިޑެންސީ-ފޯ-އިންވެސްޓްމަންޓް“ އިނިޝިއޭޓިވްތައް ފަށަން މަސައްކަތް ކުރާ ދަނޑިވަޅެއްގައި އަޅާފައިވާ ފިޔަވަޅެކެވެ. ރާއްޖެ އިން ދާދި ފަހުން އިއުލާން ކޮށްފައިވާ ރިއަލް އެސްޓޭޓް އިންވެސްޓަރ-ޓު-ޕީއާރު ޕްރޮގްރާމް ގެ ދަށުން، ރާއްޖެއަށް ކުރިމަތިވެފައވާ އިޤްތިޞާދީ ދަތިތަކަށް ލުޔެއް ލބޭނެކަމަށް ގަބޫލުކުރެވުނު ނަމަވެސް މި މަސައްކަތުގެ ތަފްސީލު ސަރުކާރުން އަދިވެސް ހިއްސާކޮށްފައެއްނުވެއެވެ. މިގޮތުން، ހަމައެކަނި ރެޒިޑެންސީ ދިނުމަށް އެންމެ ކުޑަމިނުން 250،000 ޔޫރޯގެ އިންވެސްޓްމަންޓެއް ހޯދޭނެކަމަށް ރިޕޯޓްކޮށްފައިވާއިރު، ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ރާއްޖޭ ސަރުކާރުގެ ޕްލޭނަކީ ޔޫރަޕްގެ ގައުމުތަކުގެ އޮފާތަކާ ވާދަކުރެވޭނެ ޕްލޭނެއް ނޫނެވެ.

”ދުނިޔޭގެ ވާދަވެރި ގައުމުތަކާއި ފައިހަމަކުރުމަށް ރާއްޖޭ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވޭ،“ ކުއަލަލަމްޕޫރުގައި ހުންނަ އޭޝިއާ މިޑްލް އީސްޓް ސެންޓަރުގެ ފަރާތުން ވާހަކަދެއްކެވި، މުއާދު ޒަކީ ވިދާޅުވީ، ”މިސާލަކަށް ބަލްގޭރިއާ ގޯލްޑަން ވިސާއިން ރަށްވެހިކަމުގެ ފުރިހަމަ ގާނޫނީ ހައްގުތައް ލިބިގެންދާއިރު، އެއް އެޕްލިކޭޝަނެއްގައި އާއިލާވެސް ހިމެނުމުގެ ފުރުސަތު ލިބިގެންދެއެވެ“.

މިގޮތުން، ގްލޯބަލް ރެޒިޑެންސީ އަދި ސިޓިޒަންޝިޕް މާކެޓުގައި ވާދަވެރިކަން ހޫނުވަމުންދާއިރު، ޝެންގެން އޭރިއާއަށް ބަލްގޭރިއާ ވަދެ، ގާނޫނީ ހަމަތަކުގެ މަތިން ހިންގާ ގޯލްޑަން ވިސާ ޕްރޮގްރާމަކީ ބައިނަލްއަގްވާމީ އިންވެސްޓަރުން އެންމެ ބޭނުންވާ އެއް މަންޒިލެއްގެ ގޮތުގައި ބަލްގޭރިއާ ސާބިތުކޮށްދޭނެ ޕްރޮގްރާމެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް