އެމެރިކާ ޑޮލަރަށް ބަރޯސާވުން ކުޑަކުރުމަށް ބްރިކްސް އިން ކިއުއާރު ކޯޑް ޕޭމަންޓްސް ތައާރަފްކޮށްފި

Loading

August 24, 2025
profile
Facebook
Twitter
WhatsApp

ބްރިކްސްގެ މެމްބަރު ޗައިނާ އާއި އިންޑޮނޭޝިއާ ގުޅިގެން އެމެރިކާ ޑޮލަރަށް ބަރޯސާވުން ކުޑަކުރުމުގެ މަގުސަދުގައި ކިއުއާރު ކޯޑް ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްތައް ކުރެވޭ އާ ޕޭމަންޓް ސިސްޓަމެއް ތައާރަފްކޮށްފި އެވެ.

ބޭންކް އިންޑޮނޭޝިއާ (ބީއައި) އާއި ޕީޕަލްސް ބޭންކް އޮފް ޗައިނާ (ޕީބީއޯސީ) އިސްނަގައިގެން ފަށާފައިވާ މި މަސައްކަތުގައި މިހާރު ކުރިއަށްގެންދަނީ ދެ ގައުމުގެ ދެމެދުގައި ހިންގާ ކްރޮސް-ބޯރޑަރ މުއާމަލާތްތަކުގެ ކިއުއާރު ކޯޑް ޕައިލެޓް ޓެސްޓް ކުރުމުގެ މަރުހަލާއެވެ.

މި ނިޒާމުގައި މައިގަނޑު ޕޭމަންޓް އިންޓަފޭސްގެ ގޮތުގައި އިންޑޮނޭޝިއާގެ ކިއުއާރުއައިއެސް (ކުއިކް ރެސްޕޮންސް ކޯޑް އިންޑޮނޭޝިއަން ސްޓޭންޑަޑް) ބޭނުންކުރާއިރު، ކޮންސިއުމަރުންނާއި، ވިޔަފާރިތަކުން އެގައުމެއްގެ ފައިސާއިން މުއާމަލާތްތައް ފުރިހަމަ ކުރެވޭނެ އެވެ. މިގޮތުން، ދެގައުމުގެ މެދުގައި ފައިސާގެ މުއާމަލާތްތައް ކުރާއިރު، ސްމާޓްފޯނު މެދުވެރިކޮށް ކިއުއާރު ކޯޑްތައް ސްކޭންކޮށްގެން، އެމެރިކާ ޑޮލަރު ބަދަލުކުރަން ނުޖެހި ވިޔަފާރި ކުރެވޭނެއެވެ.

ޗައިނާގައި ކިއުއާރުއައިއެސް ތަންފީޒު ކުރުމަށް އެގައުމުން އިންޑޮނޭޝިއާއަށް ހުއްދަ ދީފައިވާއިރު، މި ނިޒާމު ތައާރަފް ކުރުމުން އިންޑޮނޭޝިއާ ފަތުރުވެރިންނާއި، ވިޔަފާރިތަކަށް ޗައިނާގައި ފައިސާ ދެއްކުމަށް ކިއުއާރުއައިއެސް ބޭނުން ކުރެވޭނެއެވެ. އަދި ޗައިނާގެ ޔޫޒަރުންނަށް އިންޑޮނޭޝިއާގައި ވެސް ހަމަ އެ ސިސްޓަމް ބޭނުންކުރެވޭނެ އެވެ. އަދި މިސައްކަތުގެ ސަބަބުން ބޯޑަރު ހުރަސްކޮށް ވިޔަފާރިކުރުމާއި ދަތުރުފަތުރުކުރުމަށް، ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އެނަލިސްޓުން ލަފާކުރާ ގޮތުގައި މި އިސްނެގުމުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއްލިބިގެންދާނީ ބިޒްނަސް ޓު ބިޒްނަސް (ބީ2ބީ) ވިޔަފާރިތަކަށެވެ. އެއީ ޑޮލަރު ބައިޕާސްކޮށްގެން ސެޓްލްމަންޓްތައް ފަސޭހަކޮށްދީ މުއާމަލާތުގެ ހަރަދު ކުޑަވެގެން ދިޔުމުންކަމަށް އެފަރާތްތަކުން ގަބޫލުކުރެއެވެ. އަދި މި ކުރިއެރުމަކީ އެމެރިކާގެ ސަގާފީ ނިޒާމުން ބޭރުގައި، މާލީ ފުރުސަތުތައް އުފެއްދުމަށް ބްރިކްސް އިން ފުޅާ ދާއިރާއެއްގައި ކުރާމަސައްކަތަށް ލިބުނު ކުރިއެރުމެކެވެ.

ކާމިޔާބު ވެއްޖެނަމަ، ކުރިއަށް އޮތް އަހަރުތަކުގައި ދުނިޔޭގެ ވިޔަފާރީގެ މުއާމަލާތްތައް ބައްޓަން ކުރެވިދާނެގޮތުގެ ނަމޫނާއަކަށް މިފަދަ ޑިޖިޓަލް ޕޭމަންޓް ފްރޭމްވޯކްތައް ވެދާނެކަމަށް ބްރިކސް އިން ގަބޫލުކުރެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް