ގައުމުގެ ޑިމޮކްރަސީ އެދަނީ ވަޅުލަމުން: މައިތިރިޕާލަ ސިރިސޭނާ

Loading

Facebook
Twitter
WhatsApp

ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންގހާ ހައްޔަރުކުރުމާއި ހަމައިން ގައުމުގެ ޑިމޮކްރަސީ ވަޅުލުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ސްރީލަންކާގެ ކުރީގެ ރައީސް މައިތިރިޕާލަ ސިރިސޭނާ އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ. މައިތިރި ވިދާޅުވި ގޮތުގައި ރަނިލް މިނިވަން ކުރުމަށް އެގައުމުގެ ހުރިހާ ޕާޓީތައް ގުޅިގެން ”ހަނގުރާމަ“ ކުރާނެއެވެ.

ސްރީލަންކާގެ ކުރީގެ ރައީސް ޗަންދުރިކާ ކްމާރަތުންގާ ވެސް ވަނީ ރަނިލް ހައްޔަރު ކުރުމަކީ ޑިމޮކްރަސީ އަށް އެޅުނު ހުރަހެއްކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ކަންކަމަކީ ގާނޫނީ ވެރިކަމަށް އޮތް ނުރައްކަލެއްކަމަށާ ޑިމޮކްރެޓިކް ނިޒާމެއްގެ ދަށުންލިބޭ މިނިވަންކަން ހުއްޓުވާލަން އުޅޭތީ އެކަމާ ދެކޮޅަށް ތެދުވުމަށް އާންމު ރައްޔިތުންނަށް ގޮވާލައްވާފައި ވެއެވެ.

ސްރީލަންކާގެ އިދިކޮޅު ޕާޓީތައް ގުޅިގެން މިއަދު ވެރިރަށް ކޮލޮމްބޯގައިވަނީ ނޫސްވެރިންގެ ބައްދަލްވުމެއް ވެސް ބާއްވާފައެވެ. ”ކޮންސްޓިޓިއުޝަނަލް ޑިކްޓޭޓޝިޕް ބަލިކުރަމާ“ މިތީމްގެ ދަށުން ބޭއްވި ބައްދަލްވުމުގައި އިދިކޮޅު ލީޑަރުން ވަނީ ރަނިލް ހައްޔަރު ކުރުން ގަދައަޑުން ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ޑިމޮކްރެޓިކް މުއައްސަސާތަކުގެ ބާރުކަނޑުވާލާ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ހިންގާ ވަރަށް ފުޅާ ހަރަކާތެއްގެ ދަށުން ކުރިކަމެއްކަމަށް ލީޑަރުން ވިދާޅުވެފައި ވެއެވެ.

ހޮސްޕިޓަލްގެ އައިސީޔޫގައި މިހާރު އެޑްމިޓް ކޮށްފައިވާ ރަނިލް ވިކްރަމަސިންގހާ ގެ ހާލުކޮޅު ”ސްޓެޑީ“ ކަމަށް އެގައުމުގެ ނެޝަނަލް ހޮސްޕިޓަލުން ބުނެފައި ވެއެވެ. ހާލުކޮޅު ސްޓެޑީ ނަމަވެސް ވަރަށް ގާތުން ބަލަމުންދާކަމަށް ހޮސްޕިޓަލުގެ ޑެޕިއުޓީ ޑައިރެކްޓަރ ޑޮކްޓަރ ބެއްލާނާ ވިދާޅުވެފައި ވެއެވެ.

ރަނިލްގެ ހާލުކޮޅު އެހާސީރިއަސްވީ ކޯޓްރޫޕްގައި ގިނަވަގުތުތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަތުމާއި ކަރަންޓު ކެނޑުންފަދަ ކަންކަން ކުރިމަތިވުމުން ފެންމަދުވުމާއި އަދި ލެޔަށް ބަދަލުތަކެއް އައިސްފައި ވުމުން ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

ރަނިލް ފުރަތަމަ އެޑްމިޓް ކުރެވުނީ ގެންދެވުނު ޖަލުގެ ހޮސްޕިޓަލުގައެވެ. ނަމަވެސް ބަލިހާލުކޮޅު ހުރިގޮތުން ޖަލުގެ ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާލިބެންނެތް ކަމަށްބަލާ ފަހުން ވަނީ ނެޝަނަލް ހޮސްޕިޓަލަށް ބަދަލު ކޮށްފައެވެ.

ސްރީލަންކާގެ ކުރީގެ ރައީސް ޗަންދުރިކާ ކުމާރަތުންގާ ރަނިލް ވިކްރަމަސިންގހާ ހައްޔަރުކުރީ ރައީސްކަމުގައި ހުންނެވިއިރު ކުރެއްވި ބައެއް އަމިއްލަ ދަތުރުތަކަށް ސަރުކާރުގެ ފައިސާ ޚަރަދު ކުރެއްވި ކަމުގެ ތުހުމަތުގައެވެ.

Loading

One Response

  1. ޑިމޮކްރެސި އަކީ ގައުމުލޫޓްވާލައިފާ ދިޔައިމާވެސް ރައީސްކަމުގައި ލޫޓްވާން ރައީސްކަން ކުރިކަމަށްޓަކައި އޭނާގެ ވައްކަމަށް ފިޔަވަޅެއްނޭޅުންތޯއެވެ؟ ހާދަހާވާ ފައްކާ ޑިމޮކްރެސީއެކެވެ. ރައްޔަތުން ބަނޑަށްޖައްސާފަވެސް ހަމަ ރަނގަޅުދޯއެވެ. ހަމަ ޖަލައްލައި ވަގަށްހޯދި މުދާވެސް އަތުލަންވީއެވެ. ދިވެހިރާއްޖޭގައިވެސް ހަމަ ހަދަންވީ ސިރީލަންކާގެ މިހާރުގެ ރައީސް ހަދާގޮތަށެވެ.

Leave a Reply

ފަހުގެ އަޕްޑޭޓް