އިންޑިޔާގެ މުމްބާއީ އަށް ބޯކޮށް ވާރޭވެހި އާންމު ދިރިއުޅުން ހުއްޓުމަކަށް އައިސްފައި

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ފައިނޭންޝަލް ކެޕިޓަލްގެ ނަމުން ނަންދީފައިވާ މުމްބާއީ އަށް ބޯކޮށްވާރޭވެހި މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ކުރިމަތިވި ހާދިސާތަކުގައި 21 މީހުން މަރުވެފައިވާކަމަށް ޚަބަރު ލިބެއެވެ. ފެންބޮޑުވުމާއި ގުޅިގެން އާންމު ދިރިއުޅުމުގެ ކަންކަންވެސް ވަނީ  ހުއްޓުމަކަށް އައިސްފައެވެ. މިގޮތުން އެތައް މިލިއަން މީހުންގެ ދިރިއުޅުމުގެ ކަންކަމަށް އަސަރު ކޮށްފައިވާއިރު ފަންސާހަކަށް ފްލައިޓްކެންސަލްކޮށް ނުވަތަ ފަސްކޮށްފައިވާއިރު، ގިނަ އަދަދެއްގެ ރޭލު ދަތުރުތައްވެސް ކެންސަލް ކުރަން ޖެހުނު ކަމަށް ޚަބަރުތައް ބުނެއެވެ.

މުމްބާއީގެ ގިނަ މަގުތަކެއްގައި އުނަގަނޑު ތާފެނަށް ފެން ބޮޑުވެފައިވާއިރު ޖަންކްޝަންތައްވެސް ބެދިފައި ވުމުން ފެންގަނޑަށް ގިނަ އަދަދަކަށް ނަޖިސްވެސް ބޭރު ވަމުން ދާކަމަށް ވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ދަތުރު ކުރިޔަށް ނުގެންދެވިގެން ހުއްޓާލި މޮނޯރޭލެއްގެ ފަސިންޖަރުންގެތެރެއިން ހަސަތޭކައެއްހާމީހުން ސަލާމަތްކޮށް އޭގެ ތެރެއިން ތޭވީހަކަށް މީހުންނަށް،ނޭވާހާސްވެގެން ފަރުވާދޭން ޖެހުނު ކަމަށް ސިވިކް އިދާރާތަކުން މައުލޫމާތު ދީފައި ވެއެވެ. މޮނޯރޭލުގެ ޓްރެކް އަކީ ހަމަބިމަށްވުރެ މާއުހުގައި އަޅާފައިވާ ޓްރެކް އަކަށްވާއިރު ރޭލުން ފޭބި މީހުން ސަލާމަތް ކުރީ ކްރޭން ބޭނުން ކޮށްގެން ކަމަށް ވެއެވެ.

ފެންބޮޑުވުމުގެ ސަބަބުން ބިންތިރި ހިސާބުތަކުން ގިނަބަޔަކު ރައްކާތެރި ތަންތަނަށް ބަދަލު ކޮށްފައިވެއެވެ. ބުދަދުވަހުގެ ވެސް މޫސުން ވަރަށް ގޯސްވާނެ ކަމަށް ބުނެފައިވީނަމަވެސް ހަފްތާ ނިމެންވާއިރަށް އަލިކުރާނެކަމަށް މޫސުމާބެހޭ އިދާރާތަކުން ބުނެފައި ވެއެވެ.

މުމްބާއީ ހިމެނޭ މަހާރަޝްތްރާ ސްޓޭޓަށް އަހަރުގެ މިހިސާބުގައި މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމަކީ އާންމު ކަމެއްނަމަވެސް މިއަހަރު މާބޯކޮށް ވާރޭ ވެހެމުން ދާކަމަށްޚަބަރުތައް ބުނެއެވެ. މިގޮތުން ފާއިތުވި ހަތަރު ދުވަސްތެރޭ މުމްބާއީ އަށް 800މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށްވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް