އެމެރިކާއަށް ކިޔަވަންގޮސްތިބި ބޭރުގެ ކުދިންގެ ތެރެއިން ހަހާހަށްވުރެގިނަ ކުދިންގެ ”ސްޓޫޑަންޓް ވިސާ“ ކެންސަލް ކޮށްފި

Loading

Facebook
Twitter
WhatsApp

އެމެރިކާގައި ގައުމުން ބޭރުގެ ދަރިވަރުންނަށް ދީފައިވާ ”ސްޓޫޑަންޓް ވިސާ“ ގެ ތެރެއިން ހަހާހަށް ވުރެގިނަ ވިސާ، އެގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުން ކެންސަލް ކޮށްފިއެވެ. މިގޮތަށް އަމަލު ކުރީ އެމެރިކާގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފް ވެފައިވާތީ އާއި ވިސާގެ މުއްދަތު ހަމަވުމަށް ފަހުވެސް އެގައުމުގައި ތިބިކަން އެނގިފައިވާތީކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެއެވެ.


ކިޔެވުމަށް ދިން ވިސާކެންސަލް ކުރެވުނު ކުދިންގެ ތެރެއިން ގިނަ އަދަދެއްގެ ކުދިންނަކީ މާރާމާރީ ހިންގުމާ، މަސްތުގެ ހާލުގައި ވެހިކަލް ދުއްވުމާއި ވައްކަން ކުރުން އަދި ޓެރަރިޒަމް އަށް ހިއްވަރުދޭފަދަ އަމަލުތައް ހިންގާފައިވާ ކުދިން ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.
މީގެ ހަފްތާއެއްހާދުވަސް ކުރިން ފެށިގެން ޓްރަމްޕް ސަރުކާރުން ވަނީ އަނެއްކާވެސް އެގައުމަށް އެތެރެވާ މީހުން،ޚާއްސަކޮށް ކިޔަވާކުދިން ސްކްރީން ކުރުމުގެ ކަންތައް ވަރުގަދަކޮށްފައެވެ.
ޓެރަރިޒަމް އަށް ހިއްވަރު ދިނުމުގެ އަމަލުތަކަކީ ކޮބައިކަން ކަނޑައަޅާފައި ނުވާއިރު، ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާކުރި ކިޔަވާކުދިން، ޔަހޫދީންނާދެކޮޅަށް އަޑުއުފުލި ކަމަށް ބުނެ ހައްޔަރު ކޮށްފައި ވެއެވެ.
ވިސާކެންސަލް ކުރެވުނު ހަހާހެއްހާ ކިޔަވާކުދިންގެ ތެރެއިން ހަތަރުހާހެއްހާ ކުދިން ވަނީ ގާނޫނީ ކުށްތަކަށް އަރައިގެންފައި ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.
210 ގައުމަކުން 1.1 މިލިޔަން ކިޔަވާ ކުދިން 2023-2024 ގެ ސްކޫލް އަހަރަށް އެމެރިކާގެ ކޮލެޖްތަކާ ގުޅިފައިވާކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ.
ޓްރަމްޕް ސަރުކާރުން ނިމުނު ހަފްތާގައިވަނީ ގެދޮރުނެތި ފޭލިގެތައް ޖަހައިގެންނާއި ޕޭވްމަންޓް މަތީ ނިދަމުން އައި މީހުން ބޭރުކޮށް ތަން ސާފުކުރުމުގެ ހަރަކާތެއްވެސް ފަށާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް