ޕާކިސްތާނަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުން މަރުވި މީހުންގެ އަދަދު 300އަށް ވުރެމައްޗަށް

Loading

Facebook
Twitter
WhatsApp

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި ގުގުރައިވިދައި، ފެން ބޮޑުވުމާއި ހޮނު އެޅުންފަދަ ހާދިޘާތަކުގައި މަރުވި މީހުންގެ އަދަދު 300އަށް ވުރެމައްޗައް އަރައިފި ކަމަށް ޚަބަރުލިބެއެވެ.

މިހާތަނަށް 307 މީހުން މަރުވެފައިވާކަން ވަނީ ޔަގީން ކުރެވިފައެވެ.     

ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސުގައި އިމާރާތްތައް ވެއްޓުމުގެ ހާދިޘާތައް ވެސް ކުރިމަރިވެފައިވެއެވެ. މީގެ އިތުރުން މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވި ހެލިކޮޕްޓަރެއް ވެސް ވެއްޓިފައިވެއެވެ. ވެއްޓުނު ހެލިކޮޕްޓަރަކީ ފެން ބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ ބަޖައުރުގައި ޙާލުގައި ޖެހިފައިވާ ބަޔަކަށް ސާމާނު ހިފައިގެން ދަތުރުކުރަމުން ދިޔަ އުޅަނދެކެވެ. މިހާދިސާގައި އެ ހެލިކޮޕްޓަރުގައި ތިބި ފަސް ފަޅުވެރިން ވަނީ މަރުވެފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތައް ލިބިފައި ވަނީ ޕާކިސްތާނުގެ ބޫނާ ސަރަޙައްދަށެވެ. ފެންބޮޑުވުމާއި ބޯ ވާރޭގެ ސަބަބުން އެ ސަރަޙައްދުން 100 މީހުން މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.
ޕާކިސްތާނުގެ ސުވާތުގައި ވެސް، އެ ސަރަޙައްދުގައިވާ ކޯރުތައް ފުރި ބަންޑުން ވަމުންދާތީ   2،000އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައެވެ.މަދުވެގެން 74 ގެ ހަލާކުވެފައިވާއިރު އިތުރު އެހެން ތަންތަނަށްވެސް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ.

ބުރާސްފަތި ދުވަހު ބިންގަނޑު ކަނޑައިގެން ގޮސް ވެއްޓުމުގެ ސަބަބުން ގެއްލުން ލިބުނު ފަރުބަދަމަތީ ސަރަހައްދު މަންސެހްރާ ޑިސްޓްރިކްޓު ގައި ތާށިވެފައި ތިބި 1,300 ފަތުރުވެރިން ސަލާމަތްކުރެވިފައިވެއެވެ. މި ސަރަހައްދުތަކުން މަދުވެގެން 35 މީހުން ގެއްލިފައިވާ ކަމަށް އެތަނުގެ އޮފިޝަލުން ބުނެފައިވެއެވެ.

ޕާކިސްތާނުގެ ވެރިކަމުގެ ދަށުގައިވާ ކަޝްމީރުގައި އިތުރު 9 މީހުން މަރުވެފައިވާއިރު، އުތުރުގެ ގިލްގިޓް-ބަލްތިސްތާން ސަރަހައްދުގައި 5 މީހުން މަރުވެފައިވާ ކަމަށް އިދާރާތަކުން ބުނެފައިވެއެވެ.  

މޫސުމާބެހޭ އިދާރާ އިން ޕާކިސްތާނުގެ އުތުރު-ހުޅަނގަށް އަދިވެސް ބޯކޮށް ވާރޭވެހޭނެ ކަމުގެ އިންޒާރު ދީފައިވާއިރު، ނުރައްކާތެރި ސަރަހައްދު ތަކުގައި ކޮންމެހެން ބޭނުން ވެގެން މެނުވީ ބޭރުގައި ނޫޅުމަށް މީހުންނަށް އިލްތިމާސްކޮށްފައިވެއެވެ. މިމަހުގެ 21 ވަނަ ދުވަހާ ހަމަޔަށް މިހިސާބަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު،މިހާރުވެސް އެތައް ހިސާބެއް ވަނީ ”ޑިޒާސްޓާ ޒޯން“ ތަކުގެ ގޮތުގައި ކަނޑައަޅާފައެވެ.

ބިންގަނޑު ކަނޑައިގެން ދިއުމާއި ކުއްލި ފެންބޮޑުވުމަކީ މި މޫސުމުގައި ޕާކިސްތާނުގައި އާންމުކޮށް ދިމާވާ ކަމެކެވެ. މި މޫސުން އާންމުކޮށް ފެށެނީ ޖޫން މަހުގައެވެ. އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް މޫސުން އަލިވެއެވެ

ޕާކިސްތާނުގެ މިހިސާބަށް މޫސުން ގޯސްވެފައިވާތާ ދެތިން ހަފްތާ ވެއްޖެއެވެ. މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ ޤައުމުގެ ޙާލަތު ބެއްލެވުމަށް ކުއްލި ބައްދަލުވުމެއް ބާއްވަވާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް