ޔޫކްރޭން ހަނގުރާމަ ހުއްޓާލުމާބެހޭގޮތުން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އާއި އެކު ބޭއްވި ބައްދަލް ވުމުގައި އެދުނު ލަނޑުދަނޑި ހާސިލް ނުވިކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ދެބޭފުޅުން އެލަސްކާގައި ބޭއްވެވި ބައްދަލްވުން ތިންގަޑިއިރަށް ދެމިގެން ދިޔަނަމަވެސް އެއްބަސްވުމަކަށް ނާދެވުނު ކަމަށާ އެހެންނަމަވެސް ކުރިއެރުން ހާސިލް ކުރެވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
ބައްދަލްވުމަށްފަހު ޕޫޓިން ވިދާޅުވެފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އިޚްލާސްތެރި ނިޔަތް އެބައޮތް ކަމުގައެވެ.ނަމަވެސް އިތުރު ތަފްސީލް ދެއްވާފައެއް ނުވެއެވެ.
ދެބޭފުޅުޅުންވެސް ބައްދަލް ވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެއްނުވެއެވެ.
ބައްދަލް ވުމަށްފަހު އެބުރި ގައުމަށް ވަޑައިގެންނެވިމަގުމަތީގައި ޓްރަމްޕް ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑަމިއަރ ޒެލެންސްކީ އަށް ގަޑިއެއްހާއިރުގެ ދިގު ފޯން ކޯޅް އެއް ކުރައްވާފައެވެ. އަދި ހޯމަ ދުވަހު ޒެލެންސްކީ ވޮޝިންގޓަންގައި ޓްރަމްޕާއި ބައްދަލް ކުރައްވާނެކަން ވަނީ އިއުލާން ކޮށްފައެވެ.
ޑޮނަލްޑް ޓްރަމްޕް އާއި އެކު ބޭއްވެވި ފޯންކޯލް އަށް ފަހު ޒެލެންސްކީ ވަނީ ޔޫކްރެއިންއަށް ތާއީދުކުރާ ޔޫރަޕްގެ ބައެއް ލީޑަރުންނަށްވެސް ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވާފައެވެ. އަދި ވޮޝިންގޓަންގައި ދެންބާއްވާ ވާހަކަ ތަކެއްގައި އެބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައި ވެއެވެ.
![]()
