މި ކުއާޓަރަކީ ސިންގަޕޫރު އެކްސްޗޭންޖް (އެސްޖީއެކްސް) އަށް ފާއިތުވި 25 އަހަރުތެރޭގައި ހޯދުނު އެންމެ ރަނގަޅު ނަތީޖާއެއް ހޯދުނު ކުއާޓަރުކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
އިނިޝަލް ޕަބްލިކް އޮފަރިންގްސް (އައިޕީއޯ) ޕައިޕްލައިން ބޮޑުވެ، ޕޮޓެންޝަލް ލިސްޓިން އަށް 30 އަށް ވުރެ ގިނަ ކުންފުނި ތައްޔާރުވަމުން އަންނައިރު، 10 އަށް ވުރެ ގިނަ ކުންފުނި މިހާރުވެސް ދަނީ ރެގިއުލޭޓަރުންނާއެކު މަޝްވަރާ ކުރަމުންނެވެ. މިއީ ފާއިތުވި އަހަރުތަކުގައި ސިންގަޕޫރުގެ މާކެޓަށް ހައި ޕްރޮފައިލް އިންވެސްޓްމަންޓްތައް ހޯދުމަށް އުނދަގޫވި އިރާއި އަޅާބަލާއިރު ބޮޑު ތަފާތެކެވެ.
މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ސިންގަޕޫރުގެ މާކެޓަށް ދިރުން އައިސްފައިވަނީ އޭޝިއާގައި ރައްކާތެރި އަދި ހަމަޖެހޭ އިންވެސްޓްމަންޓް ހަބްތައް ހޯދުމަށް ގްލޯބަލް އިންވެސްޓަރުން ކުރަމުންގެންދާ މަސައްކަތާއި ގުޅިގެން، ހޮންކޮންގް އާއި ނިއުޔޯކް ފަދަ ބޮޑެތި މާލީ މަރުކަޒުތަކުން ސިންގަޕޫރު އަލުން ޝޯޓްލިސްޓުގައި ހިމަނާފައިވާތީއެވެ.
މި ބަދަލަކީ އެސްޖީއެކްސްގެ ޗީފް އެގްޒެކެޓިވް، ލޯ ބޫން ޗޭގެ ވެރިކަމުގައި ސްޓްރެޓެޖިކް ޑައިވަރސިފިކޭޝަންގެ ރޮނގުން ކުރި މަސައްކަތުގެ ނަތީޖާ އެވެ. އިކުއިޓީގެ އިތުރުން މުދަލާއި ބޮންޑް އަދި ފައިސާގެ ވިޔަފާރިއަށް ވެސް އެކްސްޗޭންޖް ފުޅާވެފައިވާއިރު، އެ އެކްސްޗޭންޖްއަށް ވަނީ ލަންޑަންގެ ބާލްޓިކް އެކްސްޗޭންޖް ފަދަ ކުންފުނިތަކުން އެހީތެރިވެދީފަ އެވެ. އިންސެންޓިވްސް އާއި އައު ފަންޑިންގް ހިމަނައިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ލިސްޓިން އަށް ަނީ އިތުރު ހިތްވަރެއް ލިބިފައިވެއެވެ.
މީގެއިތުރުން، 2021 ވަނަ އަހަރަށް ފަހު ސިންގަޕޫރުގެ އެންމެ ބޮޑު އައިޕީއޯ ކަމަށްވާ އެންޓީޓީ ޑީސީ އާރުއީއައިޓީ ތައާރަފް ކުރުމާއެކު އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވެފައިވާކަން ފާހަގަކުރެވުނުއިރު، ސްޓްރޭޓްސް ޓައިމްސް އިންޑެކްސް ވޭތުވެދިޔަ އަހަރު ބޮޑުތަނުންވަނީ މައްޗަށް ގޮސްފައެވެ. މިއީ އިންސްޓިޓިއުޝަނަލް އަދި ރީޓެއިލް އިންވެސްޓަރުންގެ މެދުގައި އިތުބާރު އާކުރުވާފައިވާ ކަމެކެވެ.
އަދި މާކެޓް ވޮޗަރުން ބުނާ ގޮތުގައި ދެމެހެއްޓެނިވި މޮމެންޓަމް ބިނާވެފައި އޮންނާނީ ދުނިޔޭގެ އިގްތިސާދީ ޔަގީންކަން ނެތް ހާލަތެއްގައި ވަރުގަދަ އައިޕީއޯ ޕައިޕްލައިންއެއް ދަމަހައްޓައި، އޮފާތައް ތަފާތުކުރުމުގެ ގާބިލްކަން އެސްޖީއެކްސް އަށް ލިބިގެންދިޔުމުގެ މައްޗަށެވެ.އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވުމާއެކު ސިންގަޕޫރު ސްޓޮކް މާކެޓަށް ރެކޯޑު ކުއާޓަރެއް!
މި ކުއާޓަރަކީ ސިންގަޕޫރު އެކްސްޗޭންޖް (އެސްޖީއެކްސް) އަށް ފާއިތުވި 25 އަހަރުތެރޭގައި ހޯދުނު އެންމެ ރަނގަޅު ނަތީޖާއެއް ހޯދުނު ކުއާޓަރުކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
އިނިޝަލް ޕަބްލިކް އޮފަރިންގްސް (އައިޕީއޯ) ޕައިޕްލައިން ބޮޑުވެ، ޕޮޓެންޝަލް ލިސްޓިން އަށް 30 އަށް ވުރެ ގިނަ ކުންފުނި ތައްޔާރުވަމުން އަންނައިރު، 10 އަށް ވުރެ ގިނަ ކުންފުނި މިހާރުވެސް ދަނީ ރެގިއުލޭޓަރުންނާއެކު މަޝްވަރާ ކުރަމުންނެވެ. މިއީ ފާއިތުވި އަހަރުތަކުގައި ސިންގަޕޫރުގެ މާކެޓަށް ހައި ޕްރޮފައިލް އިންވެސްޓްމަންޓްތައް ހޯދުމަށް އުނދަގޫވި އިރާއި އަޅާބަލާއިރު ބޮޑު ތަފާތެކެވެ.
މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ސިންގަޕޫރުގެ މާކެޓަށް ދިރުން އައިސްފައިވަނީ އޭޝިއާގައި ރައްކާތެރި އަދި ހަމަޖެހޭ އިންވެސްޓްމަންޓް ހަބްތައް ހޯދުމަށް ގްލޯބަލް އިންވެސްޓަރުން ކުރަމުންގެންދާ މަސައްކަތާއި ގުޅިގެން، ހޮންކޮންގް އާއި ނިއުޔޯކް ފަދަ ބޮޑެތި މާލީ މަރުކަޒުތަކުން ސިންގަޕޫރު އަލުން ޝޯޓްލިސްޓުގައި ހިމަނާފައިވާތީއެވެ.
މި ބަދަލަކީ އެސްޖީއެކްސްގެ ޗީފް އެގްޒެކެޓިވް، ލޯ ބޫން ޗޭގެ ވެރިކަމުގައި ސްޓްރެޓެޖިކް ޑައިވަރސިފިކޭޝަންގެ ރޮނގުން ކުރި މަސައްކަތުގެ ނަތީޖާ އެވެ. އިކުއިޓީގެ އިތުރުން މުދަލާއި ބޮންޑް އަދި ފައިސާގެ ވިޔަފާރިއަށް ވެސް އެކްސްޗޭންޖް ފުޅާވެފައިވާއިރު، އެ އެކްސްޗޭންޖްއަށް ވަނީ ލަންޑަންގެ ބާލްޓިކް އެކްސްޗޭންޖް ފަދަ ކުންފުނިތަކުން އެހީތެރިވެދީފަ އެވެ. އިންސެންޓިވްސް އާއި އައު ފަންޑިންގް ހިމަނައިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ލިސްޓިން އަށް ަނީ އިތުރު ހިތްވަރެއް ލިބިފައިވެއެވެ.
މީގެއިތުރުން، 2021 ވަނަ އަހަރަށް ފަހު ސިންގަޕޫރުގެ އެންމެ ބޮޑު އައިޕީއޯ ކަމަށްވާ އެންޓީޓީ ޑީސީ އާރުއީއައިޓީ ތައާރަފް ކުރުމާއެކު އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވެފައިވާކަން ފާހަގަކުރެވުނުއިރު، ސްޓްރޭޓްސް ޓައިމްސް އިންޑެކްސް ވޭތުވެދިޔަ އަހަރު ބޮޑުތަނުންވަނީ މައްޗަށް ގޮސްފައެވެ. މިއީ އިންސްޓިޓިއުޝަނަލް އަދި ރީޓެއިލް އިންވެސްޓަރުންގެ މެދުގައި އިތުބާރު އާކުރުވާފައިވާ ކަމެކެވެ.
އަދި މާކެޓް ވޮޗަރުން ބުނާ ގޮތުގައި ދެމެހެއްޓެނިވި މޮމެންޓަމް ބިނާވެފައި އޮންނާނީ ދުނިޔޭގެ އިގްތިސާދީ ޔަގީންކަން ނެތް ހާލަތެއްގައި ވަރުގަދަ އައިޕީއޯ ޕައިޕްލައިންއެއް ދަމަހައްޓައި، އޮފާތައް ތަފާތުކުރުމުގެ ގާބިލްކަން އެސްޖީއެކްސް އަށް ލިބިގެންދިޔުމުގެ މައްޗަށެވެ.