އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައިފި 

Loading

August 12, 2025
profile
Facebook
Twitter
WhatsApp
Oplus_16908288

ބ. އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި، ޕާސްޕޯޓުގެ ޚިދުމަތް ދޭންފަށައިފިއެވެ.

މި އޮފީސް ހުޅުއްވައިދެއްވައި ޕާސްޕޯޓުގެ ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި ރަސްމިއްޔާތުގައި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާނާއި، އިމިގްރޭޝަން ކޮންޓްރޯލަރު އަޙްމަދު ފަޞީޙުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އޮފީސް ހުޅުވައި، ޕާސްޕޯޓުގެ ޚިދުމަތް ފެށުމުގެ ގޮތުން ވަނީ ފުރަތަމަ ޕާސްޕޯޓު ވެރިފަރާތާ ހަވާލުކޮށްފައެވެ. ޕާސްޕޯޓު ހަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙުސާނެވެ.

އިމިގްރޭޝަނުން މަޢުލޫމާތުދިންގޮތުގައި، ޕާސްޕޯޓަށް އެދި ހުށަހެޅުމާއި ދޫކުރުމުގެ ޚިދުމަތާއި، އަދި އައިޑީކާޑުގެ ޚިދުމަތްވެސް އެ އޮފީހުން މިއަދުން ފެށިގެން ލިބޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް