ސައޫދީ އަންހެނަކު އޭނާގެ ފިރިމީހާގެ ދެވަނަ އަނބިމީހާއަށް އޭނާގެ ލިވަރ ގެ 80 އިންސައްތަ ހަދިޔާކޮށްފި

Loading

Facebook
Twitter
WhatsApp

ހަމްދަރުދީ އާއި އޯގާތެރިކަމުގެ ލާމަސީލު މިސާލެއް ދައްކަމުން ސައޫދީއަރަބިއްޔާގެ އަންހެނަކު އޭނާގެ ފިރިމީހާގެ ދެވަނަ އަނބިމީހާ އަށް އޭނާގެ ލިވަރގެ 80 އިންސައްތަ ހަދިޔާކޮށްފިއެވެ.

އޭގެ ކުރިން ފިރިމީހާ ވަނީ އަމިއްލަ އެއް ކިޑްނީ ހަގު އަނބިމީހާ އަށް ހަދިޔާކޮށްފައެވެ.
މިއާއެކު ހަގު އަނބިމީހާ އެތައް އަހަރެއް ވަންދެން ތަހައްމަލް ކުރަމުން އައި ”ކިޑްނީ ފެއިލިއާ“ ބަލިން ވަނީ ސަލާމަތް ވެފަކަމަށް ޚަބަރު ލިބެއެވެ.
ސައޫދީއަރަބިއްޔާގެ ޠާއިފް އަށް ނިސްބަތްވާ މާޖިދު ބަލްދާ އަލް ރޫގީ ކިޔާ ފިރިހެނެއްގެ ފުރަތަމަ އަނބިމީހާ ނޫރާ ސާލިމް، ފިރިމީހާގެ ހަނގު އަނބިމީހާ ތަޣްރީދް އަވާދް އަލް ސާދީ އަށް އެހީވާން ނިންމީ އޭނާ ޑައެލިސިސް ހަދާތާ އެތައް އަހަރެއް ވެފައިވާތީ އެކަމާ ދެރަވެގެން ކަމަށް ވެއެވެ.
ނޫރާ ސާލިމްގެ މި އަމަލަށް ސައޫދީ އަރަބިއްޔާގެ ގިނަ ބަޔަކު އަންނަނީ ތައުރީފްކޮށް ހިއްވަރު ދެމުންނެވެ.
ފިރިމީހާ އަލް ރޫގީ ބުނެފައިވާ ގޮތުގައި ހަނގު އަނބި މީހާ ތަޣްރީދް އަށް ފަރުވާ ހޯދުމަށް އެމެރިކާއަށް ވެސް ގޮސްފައި ވީނަމަވެސް ފަރުވާ ވަނީ ކާމިޔާބް ވާގޮތް ނުވެފައެވެ.
އެމެރިކާއިން އެނބުރި އައުމަށްފަހު އަމިއްލަ އެއް ކިޑްނީ ހަނގު އަނބިމީހާއަށް ހަދިޔާ ކުރުމަށް ނިންމި ކަމަށް ފިރިމީހާ އަލް ރޫގީ ކިޔާދީފައި ވެއެވެ.
އަދި ސާޖަރީގެ ތެރޭގައި ކަމެއް ދިމާވެދާނެތީ އެމީހުންނަށް ލިބިފައިވާ 5 ދަރިންވެސް ފުރަތަމަ އަނބިމީހާ ނޫރާ ސާލިމްއާ ހަވާލުކުރިކަމަށް ފިރިމީހާ ބުނެފައި ވެއެވެ.
ކިޑްނީ ބަދަލް ކުރުމުގެ އޮޕަރޭޝަން ކާމިޔާބު ވުމަށްޓަކައި ސިއްހަތު ރަގަޅު ލިވަރ އެއްވެސް ބޭނުންވެއެވެ.
ހަގު އަނބިމީހާ ތަޣްރީދުގެ ލިވަރ ވެސް ވަރަށް ބޮޑަށް ހަލާކުވެފައި ވުމާއެކު އަމިއްލަ ލިވަރގެ 80 އިންސައްތަ، ހަމައެކަނި ކަލާނގެ ރަސްކަންފުޅަށްޓަކައި ކުރާ އަމަލެއްގެ ގޮތުން ހަދިޔާ ކުރަން ގަސްތު ކުރާކަމަށް ދޮށީ އަނބި ބުނުމުން ވަރަށް ހައިރާންވެ އަދި ވަރަށް އުފާވި ކަމަށް ފިރިމީހާ ބުނެފައި ވެއެވެ.
ލިވަރ އަކީ އެއިން ބައެއް ނެގި ނަމަވެސް އަލުން ފުރިހަމަވާ ގުނަވަނެއްކަމަށް ވެއެވެ.
ސާޖަރީގެ ނަތީޖާތައް ދެއްކި ގޮތުން ދެމީހުންގެ ހަށިގަޑުގެ ”ޓިޝޫ“ މެޗް ވާތީ، އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށް ވަނީ ދައްކާފައެވެ.
ފިރިމީހާ އަލްރޫގީ ފަހުން ބުނެފައިވާ ގޮތުގައި ދޮށީ އަނބިމީހާގެ ޑޮނޭޝަން އިހުސާސްވެގެން ދިޔައީ ހިކިފަސް ސަހަރާއަކަށް ވެހުނު ވާރޭގެ ގޮތުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް