ބާރު ސްޕީޑުގައި ދުއްވި ކާރެއް މަޑުކުރަން އެންގުމުން ފުލުހުންގެ ސައިކަލެއްގައި ޖައްސައިފި

Loading

August 10, 2025
profile
Facebook
Twitter
WhatsApp

ހުޅުމާލޭގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވަމުންދިޔަ ކާރެއް މަޑުކުރަން އެންގުމުން، ފުލުހުންގެ ސައިކަލެއްގައި ޖައްސައި ވައްޓާލައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ކާރު މަޑުކުރަން އެންގުމުން އަމުރަށް ނުކިޔަމަންތެރިވެ، ހުޅުމާލެ 1އާއި ހުޅުމާލެ 2ގައި ދުއްވި ކަމަށެވެ. އަދި ކާރުގެ ފަހަތުން އެ ވަގުތު ދިޔަ ފުލުހުންގެ ސައިކަލުގައި ޖައްސައި ވައްޓާލި ކަމަށެވެ.

މި ހާދިސާގައި ސައިކަލުގައި އިން ފުލުހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ހުޅުމާލޭގައި ހުންނަ ދިރާގު އޮފީހާ ހިސާބުން ހުޅުމާލެ 2ގެ ޗެނަލް ބްރިޖު ކައިރިން ކާރު ހުއްޓުވައި، އޭގައި ތިބި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފައި ވާކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް