މާލޭގެ ތިން ސަރަހައްދަކުން މިއަދު ކަރަންޓު ކެނޑިދާނެ

Loading

August 9, 2025
profile
Facebook
Twitter
WhatsApp
STELCO

މާލޭގެ ތިން ސަރަހައްދަކުން މިއަދު ކަރަންޓު ކެނޑިދާނެކަމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓު ވިއުގައިގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ، މިއަދު މާލޭގެ ތިން ސަރަހައްދަކުން ކަރަންޓު ކެނޑިދާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިގޮތުން ކަރަންޓު ކެނޑޭނެ ކަމަށް ބެލެވޭ ސަރަހައްދުތަކަކީ:

* ބޮޑުފުޅައްގޯޅި ހިމެނޭ ސަރަހައްދު. (10:00އާ 12:00އާ ދެމެދު)

* މުނިޔާމަގާއި ޝާރިޢުވަރުދީ ހިމެނޭ ސަރަހައްދު. (14:00އާ 16:00އާ ދެމެދު)

* ފާށަނާކިލެގެމަގު، އަލިކިލެގެފާނުމަގު، ބަނަފްސާގޯޅި، ބޮޑުފުޅައްގޯޅި، ބޮޑުރަސްގެފާނުމަގު، ހަލަވެލިގޯޅި، ހަނދުވަރުދޭހިނގުން، ހެލެނބެލިގޯޅި، ހުސްނުހީނާމަގު، މަޖީދީމަގު، ނިޔަނދުރުގޯޅި، ރަށްދެބައިމަގު، ރަތްވިލާމަގު، ސަބުދެރިޔާމަގު އަދި ސަހަރާމަގު ހިމެނޭ ސަރަހައްދު. (10:00އާ 10:30އާ ދެމެދު)

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް