ސުންދަރަލިންގަމް ކޫޑަލިންގަމްއަކީ ދިވެހި ރައްޔިތުކަން އޮންނަ މީހެއް ނޫން: އިމިގްރޭޝަން

Loading

August 7, 2025
profile
Facebook
Twitter
WhatsApp
{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"square_fit":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

މަޝްހޫރު ލަވަކިއުންތެރިއަކަށް ޖިންސީގޯނާކުރި މައްސަލައިގައި އިނގިރޭސިވިލާތުގެ ކޯޓަކުން ޙުކުމްކޮށްފައިވާ ސުންދަރަލިންގަމް ކޫޑަލިންގަމްއަކީ ދިވެހި ރައްޔިތުކަން އޮންނަ މިހެން ނޫންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިހެން ބުނެފައިވަނީ، އެ މީހާއަކީ ދިވެއްސެއްކަމަށް އަޑުފެތުރުމާއެކު، ކަމުގެ ޞައްޙަ މަޢުލޫމާތު ނުހޯދައި ދިވެހި ބައެއް ނޫސްތަކުގައި އެއީ ދިވެއްސެއްކަމަށް ދޭހަވާގޮތަށް ޚަބަރު ފަތުރާފައިވާތީ، އެކަމާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.

ޚަބަރުތައް ބުނާގޮތުގައި އެމީހާއަކީ އިނގިރޭސިވިލާތުގެ މަސާޖުޕާލާއެއްގައި މަސައްކަތްކުރާ މީހެކެވެ. އޭނާ މި ޢަމަލު ހިންގާފައިވަނީ މަސާޖުކުރުމުގެ ތެރޭގައި ކަމަށްވެސް ބުނެފައިވެއެވެ.

އިމިގްރޭޝަނުން ބުނީ އެ މީހާއަކީ ރާއްޖޭގެ އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތުކަން އޮންނަ މީހެއް ކަމަށް ރިކޯޑުކުރެވިފައިވާ މީހެއް ނޫން ކަމަށެވެ.

އެހެންކަމާއެކު، މިފަދަ ޚަބަރު ފެތުރުމުގެ ކުރިން، ކަމާގުޅޭ ޞައްޙަ މަޢުލޫމާތު ސާފުކުރުމަށްފަހު ނޫނީ ޚަބަރު ނުފެތުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް