އާއިލީ ގުޅުންތަކާއި، އޮފްޝޯރ ފަންޑުތަކާއި ގުޅިގެން އިނގިރޭސިވިލާތުގެ އެންޓި-ކޮރަޕްޝަން މިނިސްޓަރަށް ފާޑުކިޔުން އަމާޒުވެއްޖެ

Loading

Facebook
Twitter
WhatsApp

އިނގިރޭސިވިލާތުގެ އެންޓި-ކޮރަޕްޝަން މިނިސްޓަރު ޓިއުލިޕް ސިއްދީގު ދިރިއުޅުއްވި ގެއަކީ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަށުން މުއްސަނދިކަން ހޯދި އެކަމަނާގެ އާއިލީ ބޭފުޅެއްގެ އޮފްޝޯ ކުންފުންޏަކުން ގަނެފައިވާ ލަގްޒަރީ ގެއެއްކަން ހާމަވާ ޕްރޮޕަޓީ ރެކޯޑްތަކެއް ލީކުވެއްޖެއެވެ.

އޭގެ ފަހުން އިނގިރޭސިވިލާތުގެ ނޭޝަނަލް ކްރައިމް އެޖެންސީން ލަންޑަނުގައި ހަސީނާގެ އާއިލާއާއި ގުޅިފައިވާ އެސެޓްތައް ފްރީޒްކޮށް، ސިއްދީގުގެ ގުޅުމާއި، ލިބިދާނެ މާލީ ފައިދާތަކާ ގުޅޭ ތަހުގީގުތައް ވަނީ ވަރުގަދަކޮށްފަ އެވެ. މިގޮތުން، އިނގިރޭސިވިލާތުގައި އޭނާއަށް ލިބުނު ސިޔާސީ ކުރިއެރުމަކީ އޮފްޝޯ އިންވެސްޓްމަންޓްތަކުގެ ތެރެއިން ފޮރުވިފައިވާ އާއިލީ ފައިސާއިން ލިބުނު ތާއީދަކުން ލިބުނު ކުރިއެރުމެއްތޯ ފާޑުކިޔާ ފަރާތްތަކުން ސުވާލު އުފައްދަ އެވެ.

ބަންގްލަދޭޝްގެ ސިޔާސީ ކަންކަމާ ސިއްދީގު ދުރުވި ނަމަވެސް، އޭނާ އަކީ އެމްނެސްޓީ އިންޓަނޭޝަނަލް އިން ”ޑިމޮކްރެޓިކް ހުދުމުހުތާރު ވެރިއެއް“ ގެ ނަން ދީފައިވާ ލީޑަރެއް ކަމަށްވާ ޝެއިޚް ހަސީނާގެ ކޮއްކޮކަން އެނގެއެވެ. ބަންގްލަދޭޝްގައި އިންސާނީ ހައްގުތަކާ ޚިލާފު ކަމަށް ތުހުމަތުކޮށްފައިވާއިރު، ސިއްދީގު އޭނާގެ ދައްތަގެ ސަރުކާރުގެ އަމަލުތައް އާންމުކޮށް ކުށްވެރިކޮށްފައެއް ނުވެއެވެ. އަދި ސިއްދީގު މީގެ ކުރިން ލިޔެފައިވާ ބްލޮގް ޕޯސްޓްތަކުގައި ހަސީނާ އަކީ ނަމޫނާއެއްގެ ގޮތުގައި ފާހަގަކޮށްފައިވުމާއެކު، އޭނާއަށް އަވާމީ ލީގުގެ އެކްޓިވިސްޓުންގެ ކެމްޕޭން ސަޕޯޓް ލިބިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މިހެންވުމާއެކު، އިނގިރޭސި މުސްލިމުންގެ މަންދޫބެއްގެ ގޮތުގައި ސިއްދީގު އަދާކުރާ ދައުރާ މެދު އިތުރު ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. ސިއްދީގު ވަނީ ޣައްޒާއަށް މުހިއްމު ވޯޓުތަކުން ރެކި، ފަލަސްތީނަށް ތާއީދުކުރާ ޖަމާއަތްތަކަށް ދަތި ކިރިމިގެ ގޮތުން މުޒާހަރާ ކުރުމާއި ދެކޮޅު ގާނޫނުތަކަށް ތާއީދު ކުރައްވާފަ އެވެ.

ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަށް ގޮވާލާ ގޮވާލުންތައް ގަދަވަމުންދާއިރު، އާއިލާގެ ސިޔާސީ ތަރިކައާއި އަެނާ މާލީ މުއާމަލާތްތަކާ މެދު އުފެދޭ ސުވާލުތަކަށް ޖަވާބެއްވެސް ދީފައިނުވާތީ، ސިއްދީގުގެ އިހްލާސްތެރިކަމާ މެދު ސުވާލުއުފެދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް