މިއީ ވައިގަދަ ދުވަސްވަރަކަށް ވުމާއެކު ހިނގާފާނެ ހާދިސާތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

Loading

August 4, 2025
profile
Facebook
Twitter
WhatsApp

މި ދުވަސްވަރަކީ ވައިގަދަ ދުވަސްވަރަކަށް ވުމާއެކު، ހިނގާފާނެ ހާދިސާތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ

އެ ޚިދުމަތުން ވަނީ، މި ދުވަސްވަރަކީ ވިއްސާރަ އަދި ވައިގަދަ ދުވަސްވަރަކަށް ވުމާއެކު، މަސައްކަތްކުރާ ތަންތަނުގައި (ޚާއްޞަކޮށް ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓުތަކުގައި) ހުންނަ ފެންސުފަދަ ތަކެތި ވަޔާ ނުދާނެހެން ރަނގަޅަށް ހަރުކޮށްފައި ބެހެއްޓުމަށް އެދިފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް (ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރެއަށް) މޫސުން ގޯސް ދުވަސްވަރެކެވެ.

މިގޮތުން، އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހެމުންދާއިރު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ދަނީ ވައިޖެހެމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް