ދުނިޔޭގެ ކަންކޮޅުތަކުގައިވާ ގައުމުތަކަށް ބަލާލާއިރު ކޮންމެ ގައުމެއްގެ ރައްޔިތުންގެ ކިބައިގާވެސް ފާހަގަކުރެވޭ ޚާއްސަ ސިފަތަކެއް ހުންނާނެކަން ގަބޫލު ކުރަންޖެހެއެވެ. އެއްބައެއްގެ ސިފަތައް އަނެއްބަޔަކަށް ކަމުދިއުމާ ނުދިއުން އަދި އެއީ މުޅިން އެހެން ކަމެކެވެ. ގައުމެއްގެ ރައްޔިތުންގެ ކިބައިގާ ހުރި އުނިސިފައެއް ނުވަތަ ރަނގަޅު ސިފަތަކެއް އަދި ހަމަ އެފަދައިން އެ ސިފަތައް އެގޮތުގައި ދެމެހެއްޓުމަށާއި ނެތިކޮށްލުމުގައި ވެރިކަމުގެ ފަރާތުން މުހިންމެ ދައުރެއް އަދާކުރެއެވެ.
އަޅުގަނޑުމެންގެ މި ލިއުމުގައި ދެ ތިން ގައުމެއްގައި ހުރި ފާހަގަކުރެވޭ ބައެއް ކަންތައްތަކަށް ބަލާލާނަމެވެ.
ހ. ސްވިޒަރލޭންޑް
ސްވިޒަރލޭންޑް ދުނިޔޭގައި އޮތް އެންމެ ސުލްހަވެރި ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީސަފުން ފެންނާނެއެވެ. ރީތިކާމާއި ހިތްގައިމު އެތައް މަންޒަރުތަކެއް ލިބިފައިވާ ލާމަސީލު ގައުމުކެވެ. މުއްސަނިދި ކަމުގެ ގޮތުން މިވަގުތު ދުނީޔޭގެ ނަންބަރު 1 އެވެ. އެ މުއްސަނދި ކަމާއި ތަނަވަސް ކަމުގައި އުފާވެރިކަން އިންތިހާއަށް އެކުލެވިފައިވާއިރު ނުރަނގަޅު ސިފަތަކެއްވެސް އެ ގައުމުގެ ރައްޔިތުންގެ ކިބައިގާ ވަކި ހިއްޕާލާފައިވާކަމަށް ބުނެއެވެ. ދުނިޔޭގައި ކަންނެތް މީހުން އެންމެ ގިނައި ސްވިޒަރލޭންޑްގައި ކަމަށް ބުނެއެވެ. މުއްސަނދިކަމާއި ފުދުންތެރިކަމުގެ ނަތީޖާއެވެ. އާންމު ގޮތެއްގައި މަސައްކަތްކުރަނީ ހަފުތާއަކު 3 ދުވަހުއެވެ. ބޭސްފަރުވާއާއި ކިންޑަރގާރޑްން އިން ފެށިގެން ޔުނިވަރސިޓި އާ ހަމަޔަށް ކިޔެވުން އެ ގައުމުގެ ރަށްވެހިންނަށް ސަރުކާރުގެ ޚަރަދުގައެވެ. ދިރިއުޅުމުގެ ޚަރަދުތަކަށް ކޮންމެ މަހަކު ކޮންމެ ފަރުދަކަށް 2000 ސްވިސް ފްރޭންކް ދިނުމަށް ސަރުކާރުން ނިންމުމުން ބޭންކަށްގޮސް އެ ފައިސާ ނެގުން ބުރައަކަށް ވެގެން ސަރުކާރުގެ އެހީ ބޭނުންނުވާ ކަމަށްބުނެ ރައްޔިތުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފެށިއެވެ.
އަޅުގަނޑުމެންގެ ތެރޭންވެސް ފަހަކަށް އައިސް ކޮންމެވެސް ވަރަކަށް މިކަހަލަ މަންޒަރު އެބަ ފެނެއެވެ. ދިވެހިންގެ ކިބައިން ކުރިން ފެނުނު މަސައްކަތްތެރިކަމާއި މުރާލިކަން ފަނޑުވަމުންދާތަން އެބަ ފެނެއޭ ނުބުނެ ނުހުރެވޭނެއެވެ. އެއީ ޓްއަރިޒަމާއެކު ލިބުނު ތަރައްގީގައި ބައެއްމީހުން އަތްމަތި ތަނަވަސް ވުމުން ގައުމުގައި އުފެދިގެން އުޅޭ މައްސަލައެކޭވެސް ބުނެވިދާނެއެވެ.
ށ. ގަތަރު
އިސްލާމީ ގައުމުތަކުގެ ތެރޭން ގަތަރަކީ ރައްޔިތުންނަށް ކޮންމެހެންބޭނުންވާ ޒަރޫރީ ކަންތަތައް ތަކުގައި ދީލަތިކަން ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ގައުމެކެވެ. ގަތަރަކީ ވަރަށް މުއްސަނދި ގައުމެކެވެ. ވަޒީފާއެއް އަދާ ނުކުރިއަސް ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދުތަކަކީ ބުރައަކަށް ނުވާނެއެވެ. ވަޒީފާއެއް އަދާކުރާނަމަ އާދަޔާ ޚިލާފަށް ބޮޑު މުސާރައެއް ލިބޭނެއެވެ.
ގަތަރަށް މުއްސަނދިކަން ލިބިފައިވަނީ ތެލާއި ގޭހުންނެވެ. އެ ގައުމުގައި ބޯފެނަށް ވުރެން ގޭސް އަގު ހެޔޮ ކަމަށް ވެއެވެ. ގައުމުގެ ރައްޔިތުންނަށް ވަޒީފާއެއް އަދާކުރުމާއި ފަގީރުކަމަކީ ކޮބައިކަން ނުވެސް އެނގޭކަހަލައެވެ. އެކަމަކު ދުނިޔޭގެ އެހެންގައުމުތަކަށްވުރެން ދިރިއުޅުމުގެ ފެންވަރު އަގުބޮޑުކަމަށްވެއެވެ. މި ގައުމުގެ ރައްޔިތުން ތެލާފެނާއި ކަރަންޓާއި ގޭހަށް ޚަރަދު ކުރާކަށް ނުޖެހެއެވެ. އޭގެ އިތުރުން ބޭސްފަރުވާ ކުރުމަށްވެސް ޚަރަދު ކުރަނީ ގައުމުގެ ތިޖޫރީންނެވެ. ހަމައެއާއެކު ދުނިޔޭގެ ކޮންމެ ގައުމެއްގެ ކޮންމެ ޔުނިވަރސިޓީއަކުން ކިޔެވިޔަސް އެ ގައުމުގެ ދަރިންގެ ކިޔެވުމަށް ޚަރަދު ކުރާނީ ސަރުކާރުގެ ތިޖޫރީންނެވެ. ގެދޮރު އެޅުމަށްޓަކައި ހިލޭ ބިންލިބުމާއި އިންޓެރެސްޓްނެތި ބޭންކުން ދަރަންޏަށް ފައިސާ ލިބޭނެއެވެ. އަލަށް ދިރިއުޅުން ފަށާ ދެމަފިރިއަކަށް އެތައްބައިވަރު އިނާޔަތްތަކެއް ސަރުކާރުން ހިލޭ ސާބަހަށް ފޯރުކޮށްދޭނެއެވެ.
ގަތަރުގެ އާންމު ރައްކާތެރިކަމަށްބަލާއިރު ފިހާރަތަކާއި ގޭގެދޮރު ތަޅުލުން ކޮންމެހެން ބޭނުން ނުވާނެކަމަށް ބުނެވެއެވެ. ވައްކަންކުރުމާއި ފޭރުން ނެތީމައެވެ. ތިމާއަށް ލިބޭ އެއްޗަކުން ސަރުކާރަށް ބައި އަޅާކަށް ނުވަތަ ޓެކްސް ދައްކާކަށް ނުޖެހެއެވެ.
ހަނދާނަށް އަންނަނީ އަޅުގަނޑުމެންގެ މާޒީއެވެ. ރާއްޖެތެރޭގެ ރަށްރަށުގައި އިޝާނަމާދަށްފަހު ކައިބޯއި ހަދައިނެ ނިދަންވުމް ގޭގެ މައި ދޮރުގައި ދަމާލާނީ ގޯނި ގަނޑެކެވެ. އެ ހިސާބުން ގެ ތަޅުލެވުނީއެވެ. ގޯނިގަނޑު އެއްފަރާތް ކޮށްލާފައި ގޭތެރެއަށް ވަނުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. މަގުމަތިން ހޮވައިގެން ގެންނަ ތަކެތި އޭގެ ވެރިފާރާތަށް ރައްދު ކޮށްދިނުމުގެ ޒިންމާ އުފުލާނެ ޝަރުއީ ކޯޓެއް ހުރެއެވެ. މަގުމަތިން ފެންނަ ފައިސާއާއި އެހެނިހެންތަކެތި އެ ކޯޓަށް ގެންގޮސްދިނުމަކީ އެ ފެންނަ މީހާއަށް ލިބޭ ފަޚްރެކެވެ. ފަޓުލޫނުގެ ފައިކޭޓަށް ވައްޓާލުމުގެ ވިސްނުމެއް ނުގެންގުޅެއެވެ.
ނ. ލެތުވިއާ
ދެން ޔޫރަޕްގެ ލެތުވީނިއާއަށް ބަލާލަމާ ހިނގާށެވެ. ލެތުވިއަކީ ޔޫރަޕްގެ ނިސްބަތުން އަންހެނުން ރީތި ގައުމެކެވެ. މި ގައުމުގައި ފިރިހެނުންގެ އަގު އުޅެނީ ރަނަށްވުރެން މަތީގައެވެ. ލެތުވިއާގެ މަގުތަކުން ހިނގާފައި ދާއިރު ފިރިހެނަކު ފެންނާނީ ވަރަށް މަދުންނެވެ. މުޅި މަގުތައް ފުރާލާފައި އޮންނާނީ ރީތި އަންހެނުންނެވެ. ބަލާބެލުމަށް ކޮންމެވެސް ރީތީގެ މުބާރާތަކުން ހޮވާލާފައިވާ އިޝްތިހާރު ފޮޓޯތަކެއްފަދައޭ ބުނެވިދާނެއެވެ. އެއްގޮތަކުން ބަލާއިރު ވަރަށް ހިތްދަމައިގަންނަ މަންޒަރެކޭ ހިތަށް އެރިޔަސް އޭގެ ހިތާމަވެރިފަރާތް ވަކިން ކުޑައެއް ނޫނެވެ. މި ގައުމުގައި ކޮންމެ ސަތޭކަ އަންހެނުންގެ ތެރެއިން ވިހި އަންހެނަކަށް ފިރިހެނަކު ނުލިބޭނެއެވެ. ބާކީ ތިބި ފިރިހެނުންގެ ތެރެއިން ފަންސަވީސް އިންސައްތަ އަންހެނުންނަށް މާބޮޑު ޝައުވެރިކަމެއް ނުހުންންކަމަށް ބުނެއެވެ. ނަތިޖާއެއްގެ ގޮތުން އަންހެނުންގެ އިއްޒަތާއި ކަރާމަތުގެ އަގު ޖެހެނީ ދަށްކުރަންޖެހިފައެވެ. ބައެއް އަންހެނުން ފިރހެނަކު ހޯދުމަށްޓަކައި ގެއާއި އަގުބޮޑު ކާރު ފަދަތަކެތި ދިނުމަށް ހުށައަޅައެވެ. ރަނގަޅު ވަޒީފާއެއް އަދާކުރާ ފިރިހެނަކަށް އޭނާ ހިތް އެދޭ އަންހެނަކު ހޯދުމަކީ އެންމެ ފަސޭހަކަންތަކެވެ. ބައެއް މަޖައްލާތަކުން ސިފަކުރަމުން ގެންދާ ގޮތުގައި ލެތުވިއާއާއަކީ “ ބާކީވެފައިތިބި އަންހެނުންގެ ސުވަރުގެއެވެ. “ ބައެއް އަންހެނުން ފިރިހެނަކުގެ ބޭނުމުގައި އަތުން ބޮޑެތި ޚަރަދު ކުރުމަކީވެސް ވަރަށް އާންމުކަމެކެވެ. ބައެއް ފިރިހެނުން ދެ އަނބިން ނުވަތަ އެއަށްވުރެން ގިނަ އަނބިން ގެންގުޅުމަކަށްވެސް މިގައުމުގެ އަންހެނުންގެ ދެކޮޅުވެރިކަމެއް ނޯވެއެވެ. ޝަރުތު ކަނޑައެޅުމުން ފިރިހެންމީހާ އަތުންބީވެ ގެއްލިގެން ހިނގައިދާނެކަމުގެ ބިރު ބޮޑުވީމައެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ދެ އަންބަށް ނުވަތަ އެއަށްވުރެން ގިނަ މީހުންނާއިނުން ގާނޫނީގޮތުން ހުއްދަކުރުމަށްޓަކައި ސަރުކާން މިހާރު ގެންދަނީ ވަރަށް ފުންކޮށް ވިސްނަމުންނެވެ.
ސަންދާނު ކިއުންތެރިންގެ ތެރެއިން ފުދުންތެރި ފިރިހެނުންގެ ނަސީބު ހުރި ވަރެއް އާޒްމާއިޝް ކޮށްލުމަށް ފުރުސަތު އޮތީ ހުޅުވިފައެވެ.