އޮޅުހިޔާއަށް އިތުރު 75 ބުޅާ ގެންގޮސްފި

Loading

August 3, 2025
profile
Facebook
Twitter
WhatsApp

މާލޭ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ހަދާފައިވާ ”އޮޅުހިޔާ“ގެ ކަރަންޓީނު ބައިގެ ޖާގަ ބޮޑުކޮށް، އިތުރު 75 ބުޅާ އެތަނަށް ގެންގޮސްފިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނީ، ވިއްސާރައާ ގުޅިގެން މެދުކެނޑާލުމަށްފަހު އިއްޔެ އަލުން އެ މަސައްކަތް ފަށާފައި ވާކަމަށެވެ.

އޮޅުހިޔާ ހުޅުވިއިރު، އެތަނުގައި ކަރަންޓީނުކުރުމުގެ ވަސީލަތްތައް ނެތް ކަމަށާއި، ނަމަވެސް، ކޮށިތައް ތައްޔާރުކޮށް، 15 ބުޅާ އޭރުވެސް އެތަނަށް ގެންދިޔަ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މަގުމަތިން ހިފައިގެން ގެންދާ ބުޅާތައް ކަރަންޓީނުގައި ވަކި މުއްދަތެއް ވަންދެން ބައިތިއްބަން ޖެހޭތީ، ތަނުގެ ޖާގަ އެކި ފަހަރު މަތިން އިތުރުކޮށް، މިހާރު އެއްފަހަރާ 100 ބުޅާ ކަރަންޓީނު ކުރެވޭނެ ޖާގަ ހަދާފައި ވާކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.

މާލޭގެ މެރީ ބްރައުން ސަރަހައްދުންނާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ބުޅާތައް ފެސިލިޓީއަށް ގެންގޮސްފައިވާއިރު، އެ ވުޒާރާއިން ބުނީ، ކަރަންޓީނުގައި ތިބި ބުޅާތަކާއެކު މިވަގުތު އޮޅުހިޔާގައި ޖުމުލަ 112 ބުޅާ އެބަތިބި ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް