އިސްކަންދަރު ސްކޫލް ކައިރީގައި ހުންނަ އެމްޑީޕީ ހަރުގެއަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، މ. ސްޓާރ، މުޙައްމަދު ރަޒީން (49އ) އެވެ.
ފުލުހުން ބުނީ، ޗާނދަނީމަގުގައި ހުންނަ އެމްޑީޕީ ހަރުގޭގެ ދޮރަށް ގެއްލުން ދިން މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 1:30 ހާއިރު ކަމަށެވެ.
އެކި މައްސަލަތަކުގައި މީގެ ކުރިންވެސް އޭނާ ހައްޔަރުކޮށްފައި ވާއިރު، އެންމެ ފަހުން އޭނާ ހައްޔަރުކޮށްފައިވަނީ މާލޭގެ ކެފޭއެއްގެ ބިއްލޫރިގަނޑު ތަޅައިލި މައްސަލައެއްގައެވެ.
އަދި އައިޖީއެމްއެޗްގައި، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލައެއްގައި މިދިޔަ އަހަރުގެ ފަހުކޮޅު އޭނާ ހައްޔަރުކޮށްފައި ވާއިރު، އޭނާ ވަނީ މަސްތުވާތަކެއްޗާއި ވައްކަންފަދަ އެކި ތުހުމަތުތަކުގައި ހައްޔަރުކޮށް އަދި ޖަލަށްވެސް ލާފައެވެ.