މަރުގެ އަދަބު ހިމެނޭހެން، މަސްތުވާތަކެތީގެ މައްސަލަތަކުގައި ބޮޑެތި އަދަބުތަކެއް ކަނޑައެޅުމާގުޅޭ ދިރާސާއެއް ކުރަނީ

Loading

July 31, 2025
profile
Facebook
Twitter
WhatsApp

މަސްތުވާތަކެތީގެ މައްސަލަތަކުގައި، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތަކެއް ކަނޑައެޅުމާގުޅޭ ދިރާސާއެއް ހެދުމަށް، ކަމާބެހޭ ވުޒާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި އެ ތަކެތި އެތެރެކުރާ މީހުންނަށް ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައިވެސް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައަޅާފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމާއެކު، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ”މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު“ގައި، އެފަދަ ކުށްތައް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ފަދަ ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި، އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް މިހާރު ވާނީ އަންގަވާފައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް