ޗައިނާގައި އާބާދީ އިތުރުކުރަން ބާރު އެޅުމުގެ ގޮތުން ފަނަރަސަތޭކަ ޑޮލަރާ ހަމަޔަށް ފައިސާގެ އިނާޔަތް ދެނީ

Loading

Facebook
Twitter
WhatsApp

ޗައިނާގައި އާބާދީ އިތުރު ކުރުމަށް ބާރު އެޅުމުގެ ގޮތުން އާއިލާތަކުގައިތިބި 3 އަހަރުން ދަށުގެ ކުދިންނަށްދޭ ދޭޚާއްސަ އިނާޔަތެއްގެ ގޮތުގައި އަހަރަކު ކޮންމެ ކުއްޖަކަށް 500 ޑޮލަރު ދޭނެކަން ސަރުކާރުން އިއުލާން ކޮށްފިއެވެ. މިގޮތުން 1500ޑޮލަރާ ހަމަޔަށް އިނާޔަތް ދޭނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

އާބާދީ ކޮންޓްރޯލް ކުރުމަށް ކުރިން އެގައުމުގައި އެޅި ފިޔަވަޅުތައް މީގެ ދިހަވަރަކަށް އަހަރު ކުރިން ކޮމިޔުނިސްޓްޕާޓީން އުވާލާފައިވީނަމަވެސް އާބާދީ އިތުރުވުން އައީ ދަށް ވަމުންނެވެ. ދައުލަތުގެ މީޑިޔާއިން ބުނެފައިވާ ގޮތުގައި މިދެވޭ ޚާއްސަ އިނާޔަތް ވިހި މިލިއަނެއްހާ އާއިލާއަށް ލިބޭނެއެވެ.އަދި އެހީއަކީ ކުދިން ބެލުމަށް ކުރަންޖެހޭ ޚަރަދުތަކަށް ލުޔެއް ދިނުމުގެ ގޮތުން ދެވޭ އެހީއެއްކަމަށް ދައުލަތުގެ މީޑިޔާއިން ބުނެފައި ވެއެވެ.

މީގެ ކުރިންވެސް ޗައިނާގެ ބައެއް ޕްރޮވިންސްތަކުގައިވެސް އާބާދީ އިތުރުކުރުމަށް ހިއްވަރުދީ ފައިސާގެ ހަދިޔާތައް ދޭނެކަން ވަނީ އިއުލާން ކޮށްފައެވެ.

2024 ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޗައިނާގައި އާބާދީ އިތުރުވާ ނިސްބަތް ޖެހިޖެހިގެން ތިންވަނަ އަހަރަކަށް ވަނީ ދަށަށް ގޮސްފައެވެ.2024 ވަނަ އަހަރު 9.54 ކުދިން އުފަން ވެފައިވާކަމަށް ތަފާސްހިސާބުތަކުން ދެއްކި ނަމަވެސް ޖުމްލަ އާބާދީ އައީ ދަށް ވަމުންނެވެ.

މިއަދު ޗައިނާގެ އާބާދީ އަކީ 1.4 ބިލިއަން އެވެ. އަދި ޗައިނާއަކީ އުމުރުން ދުވަސްވީ މީހުންގެ އާބާދީގެ ނިސްބަތްވެސް ވަރަށް މަތީގައި ހުރި ގައުމެއްކަމުން މިއީވެސް ސަރުކާރުން ވިސްނަން ޖެހިފައިވާ ކަމެކެވެ.    

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް