މިހާރު ކުރިއަށްދަނީ ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުކުރުމާ ބެހޭ ފަންނީ މަސައްކަތް: ޕޭ ކޮމިޝަން

Loading

July 30, 2025
profile
Facebook
Twitter
WhatsApp

މިހާރު ކުރިއަށްދަނީ ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުކުރުމަށްޓަކައި ކުރަންޖެހޭ ފަންނީ މަސައްކަތް ކަމަށް، ނޭޝަނަލް ޕޭ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ.މުޙައްމަދު ފައިޒަލް ވިދާޅުވީ، އެކަން ކުރުމަށްޓަކައި ވުޒާރާތަކާއި އިދާރާތަކާއެކު ކުރަންޖެހޭ މަޝްވަރާތައް ކޮށް ނިމިފައިވާކަމަށެވެ.

މި އަހަރުގެ ބަޖެޓުގައި މިކަމަށްޓަކައި 500 މިލިޔަން ރުފިޔާ ކަނޑައަޅުއްވާފައި ވާއިރު، މުސާރަ ބޮޑުކުރާ ދާއިރާތަކުގެ ތެރޭގައި ޖުޑީޝަރީއާއި ސިވިލް ސަރވިސް ހިމެނެއެވެ.

ސިވިލް ސަރވިސްއާއި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ މި އަހަރު ބޮޑުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް