ޣައްޒާގެ ރައްޔިތުން ބަޑަށް ޖެހުން އިޒްރޭލުން ނުހުއްޓުވައިފިނަމަ އިނގިރޭސި ވިލާތުންވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް ބުނެފި

Loading

Facebook
Twitter
WhatsApp

ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހެމުންދާދިއުން ހުއްޓުވުމަށް އިޒްރޭލުން އަމަލު ނުކޮށްފިނަމަ، އިގިރޭވިލާތުންވެސް ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާކަން އަންނަ ސެޕްޓެމްބަރުމަހު އޮންނަ އދގެ ޖެނެރަލް އެސެމްބްލީގައި އިއުލާން ކުރައްވާނެ ކަމަށް ބޮޑުވަޒީރު ކީރް ސްޓާމާ ވިދާޅުވެއްޖެ އެވެ. އަންގާރަ ދުވަހު ލަންޑަންގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލް ވުމެއްގައި ސްޓާމާ ވިދާޅުވީ އިޒްރޭލް ފަލަސްތީން މައްސަލައިގައި އިގިރޭސިވިލާތުން އަބަދުވެސް ގެންގުޅޭ ޕޮލިސީ އަކީ އިޒްރޭލުގެ ރައްކާތެރިކަމާއެކުއެކީ ”ވަޔަބަލް“ ނުވަތަ ދިރުން ހުރި، ”ސޮވްރީން“ ފަލަސްތީންގެ ދައުލަތެއް އެކުލެވޭ ދެދައުލަތުގެ ހައްލެއް ކަމުގައެވެ.

އިޒްރޭލުން ޣައްޒާގައި އިންސާނީ ހައްގުތައް ނިގުޅައިގަންނަމުންދާނަމަ އެކަމާ ދެކޮޅަށް އިގިރޭސިވިލާތުން ތެދުވާނެ ކަމަށް ސްޓާމާ ވިދާޅުވެފައި ވެއެވެ. އެހެނީ އެފަދަ އަމަލު ތަކަކީ ސުލްހައިގެ ޕްލޭން އަށް ހުރަސްއަޅާނެ ކަމަކަށް ވާތީއެވެ.

އިގިރޭސިވިލާތުގެ ނިންމުން ބިނާވަނީ އިތުރު ކޮން ޝަރުތު ތަކަކަށްތޯ ދެންނެވުމުން ސްޓާމާ ވިދާޅުވީ އެންމެ އިސްކަމެއްދޭން ބޭނުންވަނީ މިއަދުގެ ޣައްޒާގެ ހާލަތު ބަދަލުވުމަށް ކަމުގައެވެ.މީގެ އިތުރުން ހޮސްޓެޖުން އަވަހަށް މިނިވަން ކުރުމަށާ ހުރަހެއްނެތި ކާބޯތަކެއްޗާއި އެހެންވެސް އިންސާނިއްޔަތަށްޓަކާދެވޭ އެހީ ޣައްޒާއަށް ވައްދަމުން ދިއުމަށް ގޮވާލައްވާ ކަމުގައި ވިދާޅުވިއެވެ.

އިޒްރޭލް ފަލަސްތީން މައްސަލަޔަށް އަވަސް ހައްލަކަށް ގޮވާލާ، އެކަން ނުކޮށްފިނަމަ ފަލަސްތީންގެ ދައުލަތް ގަބޫލުކުރާނެ ކަމަށް ބުނާ ޔޫރަޕްގެ ގައުމުތައްވެސް ދަނީ އިތުރު ވަމުންނެވެ. މީގެ ކުރިން ފްރާންސުން ވަނީ ސެޕްޓެމްބަރުމަހު އެކަން އިއުލާން ކުރާނެ ކަމަށް ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް