ރަޝިއާއަށް އައި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ އަސަރު ރާއްޖެއަކަށް ނުކުރާނެ: މޫސުމާބެހޭ އިދާރާ

Loading

July 30, 2025
profile
Facebook
Twitter
WhatsApp

ރަޝިއާއަށް އައި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، 8.8 މެގްނިޓިއުޑްގައި އައި މި ބިންހެލުމާ ގުޅިގެން އުފެދިފައިވާ ސުނާމީގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ.

މި ބިންހެލުން އައީ ރަޝިއާ ގަޑިން އިއްޔެ ހެނދުނު 8.30 ވަނިކޮށެވެ. ބިންހެލުމާ ގުޅިގެން، ރަޝިއާގެ ކަމްޗަޓްކާ ޕެނިންސުލާ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއްވެ، އެތައް ބަޔަކު ވަނީ ޒަޚަމުވެފައެވެ. މި ބިންހެލުމުގެ ސަބަބުން ރަޝިއާއަށް ވަނީ 13 ފޫޓު އުސްމިނުގެ ރާޅު އަރާފައެވެ.

މި ބިންހެލުމުގެ ސަބަބުން ޖަޕާނަށް އަރާފައިވާ ސުނާމީގެ ރާޅުގެ އުސްމިން 12 ފޫޓުގައި ހުރިކަމަށް ރެކޯޑުކުރެވިފައިވާއިރު، އެމެރިކާ، ތައިވާން އަދި ފިލިޕީންސްގެ މޫސުމާބެހޭ އިދާރާތަކުން ވަނީ ސުނާމީގެ އިންޒާރު ނެރެ، ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް