ބައެއް ޖިންނީންނަށް ކިޔާ ނަންތައް، އެންމެ ނުބައި ޖިންނީންނަށް ކިޔަނީ އިފްރީތު

Loading

Facebook
Twitter
WhatsApp
Maldives News

ޖިންނި ސައިތާނުންނަކީ އިންސީން އުފެއްދެވުމުގެ ކުރިން އުފައްދަވާފައިވާ މަހުލޫގެކެވެ. ބޮޑެތި ބާރުތަކެއް އެ މަހުލޫގަށް ﷲ ސުބްހާނަހޫ ވަތަޢާލާ ދެއްވިއެވެ. މާތްﷲ އިންސީންނާއި ޖިންނީންވެސް އުފައްދަވާފައިވަނީ އެއް ބޭނުމެއްގައެވެ. އެއީ އެކަލާނގެއަށް އަޅުކަން ކުރުމަށެވެ.

ޖިންނީންގެ ތެރޭގައި މުއުމިނު ޖިންނީންނާއި ﷲއަށް ތަބާނުވާ ކާފަރު ޖިންސީންވެސް އުޅެއެވެ. އަދި ބައެއް ފަހަރު ޖިންނީންގެ ސަބަބުން އިންސާނުންނަށް އެތައް އުނދަގޫތަކެއްވެއެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ޖިންނީން އިންސާނުންނަށް އުނދަގޫކުރަނީ މައިގަނޑު ދެ ސަބަބަކާ ހުރެއެވެ. އެއީ ނޭނގުމެއްގެ ތެރޭގައި ނަމަވެސް އިންސާނަކަށް ޖިންނިއަކަށް ގޯނާއެއް ނުވަތަ ހާނިއްކައެއް ކުރެވުމުގެ އިތުރުން އިންސާނުން  ޖިންނީން ލައްވާ އެހެން އިންސާނުންނަށް ގެއްލުން ދިނުމަށް ކަންކަން ކުރާތީއެވެ. މިގޮތަށް ޖިންނީން ބޭނުންކޮށްގެން ކުރާ ކަންތައްތަކަށް ކިޔާއުޅެނީ ސިހުރެވެ.

ޖިންނީންނަށް ކިޔާ ބައެއް ނަންތައް ވަނީ އިލްމުވެރިން އެކިއެކި ފޮތްތަކުގައި ލިޔުއްވާފައެވެ. އެގޮތުން އަރަބި ބަހުން ”ޖިންނި“ މިބަހުގެ މާނައަކީ ”ނިވާވެފައިވާ އެތި“ ނުވަތަ ”ފޮރުވިފައިވާ އެތި“ މިއެވެ.

އިންސާނުންނާއެކު ގޭގޭގައި އުޅޭ ޖިންނިއަށް  އިލްމުވެރިން ކިޔާ އުޅެނީ ”ޢާމިރު“ އެވެ. މީގެ ޖަމްޢަކީ ”އުއްމާރު“އެވެ. އަދި ކުޑަކުދިންނަށް ޝަޢުޤުވެރިވާ، ކުޑަކުދިންނާއެކު އުޅޭ ޖިންނީންނަށް ކިޔަނީ ”އަރްވާޙް“އެވެ.

ޖިންނީންގެ ތެރެއިން ނުލަފާ ޖިންނީންނަށް ޝައިތާނުންނޭ ކިޔާއިރު، ޝައިތާނުންވެސް އެތައް ދަރަޖައަކަށް ބެހިގެންވެއެވެ. އެގޮތުން ޝައިތާނުންނަށް ވުރެ ނުބައި ޖިންނީންނަށް ”މާރިދު“ ކިޔާ އުޅެއެވެ. އެންމެ ނުލަފާ ޖިންނީންނަށް ކިޔާއުޅެނީ އިފްރީތެވެ.

ޖިންނި ސައިތާނުންގެ ނުރައްކަލުން ރައްކާތެރިވުމަށް ގިނަގިނައިން ހެނދުނާއި ހަވީރާއި ރޭނޑުގެ ޒިކުރުތައް ކިޔުމަކީ މުހިންމުކަމެކެވެ. އަދި ﷲއަށް އަޅުކަން ކުރުމުގައި ގިނަ ވަގުތު ހޭދަކުރުމަކީވެސް އެފަދަ ކަންކަމަން ރައްކާތެރިކަން ލިބޭނެ ކަމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް