ގެޔެއް ގަތުމުން ބައެއް ކެރީބިއަން ޖަޒީރާތަކުން ޕާސްޕޯޓް ލިބޭ  

Loading

Facebook
Twitter
WhatsApp

ކެރީބިއަންގެ ބައެއް ޖަޒީރާތަކުން ގަންނަން ލިބެންހުރި ގެތައް ބެލުމަށް އިންޓަނެޓް ހާވާލާއިރު، ގަންނާނެ މީހުން ޝައުގުވެރި ކުރުވުމަށް ރީތި ބީޗްތަކާ ހިތްގައިމު މޫސުމުގެ އިތުރަށް މިހާރު މުހިންމު އެހެން ކަމެއްވެސް ހުށައަޅަން ފަށައިފިއެވެ.

މިގޮތުން ޕްރޮޕަޓީ ލިސްޓިންގ ތަކުގައި ގެޔެއް ގަތުމުން އެގައުމުގެ ޕާސްޕޯޓް ލިބޭނެ ކަމަށް ބުނާ ކެރީބިއަންގެ ޖަޒީރާތައް ދަނީ މަޑުމަޑުން އިތުރު ވަމުންކަމަށް ޚަބަރު ލިބެއެވެ. އަދި އެމެރިކާގެ މިވަގުތުގެ ސިޔާސީ ހަމަނުޖެހުން ތަކުގެ ސަބަބުން މިކަމަށް އެދޭ މީހުން އިތުރު ވަމުންދާ ކަމަށްވެސް ވެއެވެ.

މިހާރުވެސް ކެރީބިއަންގެ ފަސް ޖަޒީރާއަކުން ވަނީ ދެލައްކައެއްހާ ޑޮލަރު އިންވެސްޓް ކުރުމުން ޕާސްޕޯޓް،ނުވަތަ އެގައުމުގެ ރަށްވެހިކަން ލިބޭނެ ކަން ހާމަ ކޮށްފައެވެ. އެޖަޒީރާ ތަކަކީ އެންޓިގުއާ އެންޑް ބާބުޑާ،ޑޮމިނިކާ،ގްރެނާޑާ، ސެއިންޓް ކިޓްސް އެންޑް ނެވިސް، އަދި ސެއިންޓް ލޫސިޔާ އެވެ. މި ޖަޒީރާ ތަކުން ދެލައްކައެއްހާ ޑޮލަރު ނުވަތަ 145،000ޕައުންޑް އިންވެސްޓްކޮށް، ގެޔެއް ގަތުން ފަދަ ކަމެއް ކޮށްފިނަމަ ޕާސްޕޯޓް ލިބޭނެއެވެ.

ކެރީބިއަންގެ ޕާސްޕޯޓް ބޭނުންކޮށް އިގިރޭސި ވިލާތް އަދި ޔޫރަޕްގެ ޝެންޖެން ސަރަހައްދުގެ ގައުމުތައް ހިމެނޭ ގޮތުން ދުނިޔޭގެ 150 ގައުމަކަށް ވިސާ ފްރީ ކޮން ދަތުރު ކުރެވޭނެއެވެ.

މިޖަޒީރާ ތަކުގައި ބޮޑެތި ޓެކްސްތައް ނަގަމުން ނުދިއުމަކީ ފައިސާވެރިންގެ ސަމާލުކަން މިކަމަށް ހުއްޓިފައިވާ އެއްސަބަބެވެ. އަދި ގެދޮރު ގަންނަ ފަރާތްތައް މިހާރު ނިސްބަތްވާ ގައުމެއްގެ ސިޓިޒަންޝިޕް ދޫކޮށްލާކަށްވެސް ނުޖެހެއެވެ.

އެންމެ ރީތި އެއް ޖަޒީރާ ކަމަށްވާ އެންޓިގުއާ ގެ އެސްޓޭޓް އޭޖެންޓުން މައުލޫމާތު ދީފައިވާ ގޮތުގައި އެތަނުން ގެ ގަތުމަށް މިވަގުތު ވަރަށް ބޮޑަށް ޑިމާންޑް އޮތުމާއެކު އެކަން ކުރިޔަށް ގެންދިއުމަށްވެސް ވަނީ ދަތިވެފައެވެ. އަދި ލިސްޓް ކުރެވިފައިވާ މީހުންގެ 70 އިންސައްތަ،ސިޓިޒަންޝިޕަށް އެދިފައިވާކަމަށް އެސްޓޭޓް އޭޖެންޓުން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ މިހާތަނަށް ވެސް މުޅިންހެން ހުރީ އަރާމު ލައިފްސްޓައިލެއް ބޭނުން ވެގެން ގެޔެއް ގަންނަން ބޭނުން ފަރާތައް ކަމަށާ ނަމަވެސް މިހާރު ކޮންމެ މީހަކުހެން ބޭނުންވަނީ ސިޓިޒަންޝިޕް ލިބޭ ގެޔެއް ކަމަށް ބުނާކަމަށްވެއެވެ.

Loading

One Response

  1. ދުވަސްކޮޅަކުން ތިތަންތަންވެސް މުއްސަދީންގަނެލާފަ ފަލަސްތީނަށް ހެދިހެން ނަސްލުނައްތާލަން ނުފަށައިފިއްޔާވެސް ރަނގަޅޭ ހިތައް އަރައެވެ. ފައިސާކޮޅެއްގެ ބޭނުމުގައި ފައިސާކޮޅެއް ގެންގުޅޭ އަދީބުކަހަލަ ކޮންމެމީހަކަށް ގައުމުތަކުގެ ސިޓިޒަންޝިޕް ދިނުމަކީ ދުރުރާސްތާއަށް ބަލާއިރު ރަންގަޅުކަމެއް ނޫންނެވެ. މީގެ 30 އަހަރުފަހުންވެސް ބަލާވެރިކަން ކުރިމަތިވެދާނެއެވެ. ތިފަދަ ޚަބަރުތައްކިޔާފަ ރާއްޖޭގައި މިއުފެދާ ކަރަޕްޓް ރުކާރުތަކުން ބޭރުމީހުން ދިވެހީންގެ ގައުމަށް ފާ ނުކޮށްފިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.

Leave a Reply

ފަހުގެ އަޕްޑޭޓް