ސީރިޔާއަށް އުފަން، ގުޅިފައިވާ ދެބެން ކާމިޔާބު ކަމާއެކު ވަކި ކޮށްފި

Loading

Facebook
Twitter
WhatsApp

ސީރިޔާ އަށް އުފަން، ގުޅިފައިވާ ތުއްތު ދެކުދިން ސައޫދީ އަރަބިއްޔާގެ ޚާއްސަ ސާޖިކަލް ޓީމަކުން އޮޕަރޭޝަން ކޮށް ކާމިޔާބު ކަމާއެކު ވަކިކޮށްފިއެވެ. ސެލީން އަދި އެލީން ނަމަކަށް ކިޔާ އުމުރުން އެއްއަހަރާ ފަސްމަހު ގެއަންހެން ދެބެން ވަކިކުރުމަށް ކުރި އޮޕަރޭޝަން 8ގަޑިއިރަށް ދެމިގެން ދިޔައެވެ. އޮޕަރޭޝަން ކޮށްފައިވަނީ ސައޫދީއަރަބިއްޔާގެ ކިންގ އަބްދުﷲ ރަސްގެފާނު ސްޕެޝަލިސްޓް ޗިލްރަންސް ހޮސްޕިޓަލްގައި 24 ސްޕެޝަލިސްޓް އަދި ކޮންސަލްޓަންޓް ޑޮކްޓަރުން ހިމެނުނު ޓީމަކުންނެވެ. މިޓީމްގައި ޕީޑިއޭޓްރިކް ސާޖަރީ،ޕްލާސްޓިކް ސާޖަރީ އަދި އެހެން ގުޅޭ ދާއިރާތަކުން އެކްސްޕަރޓުން ހިމެނެއެވެ.

އުފަންވާއިރު ގުޅިފައިވާ ކުދިން ވަކިކުރުމަށް ކުރާ އޮޕަރޭޝަންތަކަކީ ސައޫދީއަރަބިއްޔާގެ ސަލްމާން ރަސްގެފާނު އަދި ވަލީ އަހްދު މުޙައްމަދު ބިން ސަލްމާންގެ ޚާއްސަ އެހީގެ ދަށުން ކުރަމުންދާ އޮޕަރޭޝަންތަކެކެވެ. މިއީ ސީރިޔާއަށް އުފަން، ގުޅިފައިވާ ކުދިން ވަކިކުރުމަށް ކުރެވުނު ހަތަރުވަނަ އޮޕަރޭޝަނެވެ.

35 އަހަރަށް ކުރިޔަށް ގޮސްފައިވާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 66،ގުޅިފައިވާ ދެބެން ކާމިޔާބް ކަމާއިއެކު ވަކިކޮށްފައިވެއެވެ. މިޕްރޮގްރާމްގެ ދަށުން 27 ގައުމަކުން 150،ގުޅިފައިވާ ދެބެން ބަލާފައި ވެއެވެ.

އުފަންވާއިރު ގުޅިފައިވާ ކުދިން ވަކިކުރުމުގެ އޮޕަރޭޝަން އަކީ ވަރަށް ވެސް އުނދަގޫ އަދި ޚާއްސަ އިލްމެއް ބޭނުންވާ އޮޕަރޭޝަން ތަކަކަށްވާއިރު މިކަމުގައި ސައޫއަރަބިއްޔާއިން ގެންދަނީ އިސްނަގާ މުޅިދުނިޔޭގައިވެސް ލީޑަރޝިޕް ދައްކަމުންނެވެ. އަދި މެދުކެނޑުމެއްނެތި މި ޕްރޮގްރާމަށް ވެދެއްވަމުން ގެންދަވާއެހީތެރި ކަމަށް ޑޮކްޓަރުންގެ ޓީމުން ވަނީ އަބްދުﷲ ރަސްގެފާނު އަދި މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކޮށްފައެވެ. އަދި ސައޫދީ އަރަބިއްޔާގެ ސިއްހީކަންކަން ކުރިޔަށް ގޮސްފައިވާ މިންވަރު މިކަމުން ހާމަވާކަމަށް ޑޮކްޓަރުން ވެސް ފާހަގަކޮށްފައި ވެއެވެ.

ސީރިޔާގެ ދެބެން ވަކިކުރުމަށް ކުރި ކާމިޔާބް އޮޕަރޭޝަން އަށްފަހު އެދެބެންގެ އާއިލާއިންވެސް ވަނީ ރަސްގެފާނު އަދި މުޙައްމަދު ބިން ސަލްމާންގެ ފަރާތްޕުޅުން ލިބުނު އާދަޔާޚިލާފް އެހީތެރިކަމާ ސަޕޯޓަށް ޝުކުރު އަދާކޮށްފައެވެ. އަދި ޑޮކްޓަރުންގެ ޓީމުން ކުރި މަސައްކަތަށްވެސް އާއިލާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް