ސާރާއަށް ލިބުނު ފިލާވަޅު

Loading

Facebook
Twitter
WhatsApp

އޮފީހެއްގެ މަތީ މަގާމެއްގައި ވަޒީފާއަދާކުރަމުން ދިޔަ ސާރާ، އޭނާގެ އުފަން ދުވަސް ފާހަގަ ކުރުމަށް އޮފީހުގައި ހަރަކާތްތަކެއް ކުރިޔަށް ގެންދިޔައެވެ.އޭނާގެ މޭޒު ވަށައިގެން ޒީނަތްތެރިކޮށްފައިވާއިރު އޮފީހުގެ އެކިއެކި މުވައްޒަފުން އޭނާ އަށް ތަހުނިޔާ ކިޔާ ހަދިޔާތައް ގެނެސްދީ ހަދަމުން ގެންދިޔައެވެ.


ސާރާ ވަރަށް އުފާވެފައި މޭޒުކައިރީ ކޮފީތައްޓެއް ބޯން އިންދާ އޮފީސް ސާފުކުރަން އުޅޭ އަންހެންމީހާވެސް އޭނަކައިރިޔަށް އައިސް އުފާވެރި އުފަން ދުވަހަކަށް އެދުނެވެ.އަދި ކުޑަ ކުޑަ ފޮއްޓެއް ދިއްކޮށްލިއެވެ. ސާރާ ފޮށިހުޅުވާ ބަލާލިއިރު އޭގައިވަނީ ރީތި ރިހި އަނގޮޓިއެކެވެ. ސާފުކުރާމީހާ އެވަގުތު ބުންޏެވެ. ”މިއީ މާއަގުބޮޑު ހަދިޔާއެއް ނޫން ކަން އެނގެއެވެ.އެކަމަކު އަޅުގަނޑު ތިޔަހަދިޔާ ގަތުމަށް ލާރި އެއްކުރީމެވެ.“ ސާރާވެސް ޝުކުރިއްޔާއޭ ބުނުމަށްފަހު ފޮށީގައި ހިފިއެވެ. އަދި އެވަގުތު މޭޒުގެ ވަތްގަނޑަކަށް ލިއެވެ.
ފަހުން އޭނަ ހިތަށް އެރިއެވެ. ސާފުކުރާމީހާ ވެސް އައިސް އަދި މަށަށް ހަދިޔާދީފިއެވެ. އޭނަދޭ އެއްޗެއް އަހަރެން ބޭނުން ކުރާނެ ކަމަށް ހީކުރީ ހެއްޔެވެ. މިހެން ބުނެ މީހުން ނުބަލާ ވަގުތެއްގައި ގެންގޮސް ކުނިވަށިގަނޑަށް އަނގޮޓިފޮށި ވައްޓާލިއެވެ.
އަނެއްދުވަހު އޮފީހުގެ ކުނިވަށިތައް ހުސްކުރަމުން ދަނިކޮށް ސާފުކުރާމީހާއަށް އެއްކަލަ އަނގޮޓިފޮށި ފެނުނެވެ.ތުރުތުރުއަޅައަޅާހުރި އަތަކުން އޭނާ ފޮށިނެގިއެވެ.އަދި ދެރަވެލާފަ އެފޮއްޓަށް ބަލަހައްޓައިގެން ހުއްޓެވެ.
އެވަގުތު އެއޮފީހުގެ ވެރިޔާ އެތަނުން ހުރަސް ކުރަނިކޮށް އަންހެން މީހާ ދެރަވެފަ އަނގޮޓި ފޮއްޓަށް ބަލަހައްޓައިގެން ހުއްޓާފެނުނެވެ.މިތަން ފެނި އޮފީހުގެ ވެރިމީހާ އޭނަކައިރިއަށް އައެވެ. އަދި ސުވާލު ކުރިއެވެ. ”ކިހިނެއްވީހެއްޔެވެ. ކަމެއް ގޯސްވީ ހެއްޔެވެ.“؟
އަންހެން މީހާ ވަރަށް ފަސްޖެހި ހުރެމެ، ތެދުބަހުން ކިޔާދިނެވެ. އިއްޔެއަކީ ސާރާގެ ގެ އުފަންދުވަހެވެ. އަޅުގަނޑުވެސް ފައިސާއެއްކޮށްގެން އޭނާއަށް އަޅުގަނޑުގެ ފެންވަރުން ރަނގަޅު ހަދިޔާ ދިނީމެވެ. ރީތި ރިހި އަނގޮޓިއެކެވެ.ނަމަވެސް މިއަދު ހެނދުނު މިފެނުނީ އަނގޮޓި ފޮއްޓާއެކީ ކުނިވަށިގަނޑަށް ލާފައި ވަނިކޮންނެވެ.“
އޮފީހުގެ ބޮސް ވަކިއެއްޗެއް ނުބުނެ ބޯޖަހާލުމަށްފަހު އެތަނުން ދިޔައެވެ.
އޭގެ އެއްހަފްތާ ފަހުން އޮފީހުގެ ވެރިމީހާގެ އުފަންދުވަސް އަތުވެއްޖެއެވެ. ހުރިހާ މުވައްޒަފުންވެސް ވަރަށް އުފަލުން ވެރިމީހާއަށް އެކި ހަދިޔާތައް ދެމުން ދިޔައެވެ. ސާރާވެސް އައިސް ވެރިމާހާއަށް ހަދިޔާއެއްގެ ގޮތުގައި އަގުބޮޑު ގަޑިއެއް ދިނެވެ.
އަނެއްދުވަހު އޮފީހުގެ ސެކިއުރިޓީގާޑު ގެ އަތުކުރީގައި އޭނާ ވެރިމީހާއަށް ދިން ގަޑި އަޅާފައި ހުއްޓާ ފެނުނެވެ.ރުޅިއައިސް ރަތްވެގެން ހުރެ އޭނާ ވެރިމީހާގެ އޮފީހަށް ވަދެ ޝަކުވާ ކުރިއެވެ. ”ސަރ އެވެ.އަޅުގަނޑުގެ ހަދިޔާ އަކީ ވަރަށް އަގުބޮޑުހަދިޔާއެކެވެ. އެއީ ގާޑު އަތުގައި އަޅާ ވަރަށް ވުރެ އަގުބޮޑު ގަޑިއެކެވެ. އަޅުގަނޑު ދިން ހަދިޔާ އެއްވެސް އެއްޗަކަށް ނުހެއްދެވީތީ ހިތާމަ ކުރަމެވެ.“
އެވަގުތު ވެރިމީހާ ސާރާއާ ދިމާލަށް ބުންޏެވެ. ”ސާރާއަށް ދައްކާލަން އަހަރެން ބޭނުންވީ ތިޔަ އިހުސާސެވެ. ސާފުކުރާ އަންހެންމީހާ ދިން އަނގޮޓި އެއްލާލީމަ އޭނަޔަށް އިހުސާސްވިގޮތް މިހާރު ސާރާޔަށް އިނގޭދޯ އެވެ.
ބުނަންހެއްޔެވެ. އެއްމެންނަކީ ސާރާ އަދި އަހަރެންފަދަ ފައިސާވެރިންނެއްނޫނެވެ. އެއްމެންނަކީ އެއްފެންވަރެއްގެ ބަޔެއްނޫނެވެ. މުހިންމު ކަމަކީ ފަގީރު މީހާވެސް ހަދިޔާ އެއް ދޭހިތުން އޭނަޔަށް ލިބުނު އެންމެ ރަނގަޅު ހަދިޔާ އެއްގެނެސްދޭން ބޭނުންވި ކަމެވެ. އެކަމުން އުފާވުމުގެ ބަދަލުގައި އޭނަޔަށް ތިޔަކުރީ ފުރައްސާރައެވެ. އޭނާގެ ހިތަށް އަސަރު ކުރާނެ ވަރު ވިސްނާލާށެވެ. ތިޔަކަހަލަ ކަންތައް ތައް އިސްލާހު ކޮށްލާށެވެ.“
ސާރާވެސް ވަރަށް ދެރަވެ އިސްޖަހާލިއެވެ

Loading

Leave a Reply

ފަހުގެ އަޕްޑޭޓް