އާ ސުޕަމޭން ފިލްމުގައި ފަލަސްޠީނަށް ތާޢީދުކުރުމާގުޅުވާ މެސެޖެއް!

Loading

Facebook
Twitter
WhatsApp

އާ ސުޕަމޭން ފިލްމުގައި ފަލަސްތީނަށް ތާއީދުކޮށް މެސެޖެއް ފޮނުވާފައިވާކަމަށް ބުނާ ވާހަކަތަކެއް ފެތުރިއްޖެއެވެ.
މިގޮތުން، އެ ފިލްމާއި ގުޅިގެން ބެލުންތެރިން ބުނަނީ މި ފިލްމުގައި ފަލަސްތީނަށް ތާއީދުކުރާ ފޮރުވިފައިވާ މެސެޖެއް އެބައޮތް ކަމަށެވެ.


އެއް ބެލުންތެރިއަކު ކަމަށްވާ އިވާން، ލެޓަރބޮކްސްޑްގައި މި ފިލްމަށް ފުރިހަމަ ރޭޓިންއެއް ދީ، ވަރުގަދަ ސްޓައިލެއް ލިބިފައިވާ ފިލްމެއް ކަމަށް ބުނެފައިވާއިރު، ޑައިރެކްޓަރު ޖޭމްސް ގަން އަށް އޭނާ ވަނީ ތައުރީފުވެސް ކޮށްފައެވެ. އިވާން އިތުރަށް ބުނީ އެއީ ހޮލީވުޑްގެ ބޮޑު ފިލްމަކުން ފެނުނު ހައިރާން ކުރުވަނިވި ކަމެއް ކަމަށެވެ. އޭނާގެ ރިވިއުއަށް އެކްސް (ކުރީގެ ޓްވިޓާ) ގައި 11 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބި، ވަނީ ވައިރަލްވެފައެވެ.
ސޯޝަލް މީޑިއާގައި އެހެން ގިނަ ބަޔަކު އިވާންއާއި އެއްބަސްވެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިލްމުގެ މުހިއްމު ޕްލޮޓެއްކަމުގައިވާ، އެމެރިކާގެ ތާއީދު އޮންނަ ބޮރާވިއާ ކިޔާ ގައުމަކުން، ޖަހްރަންޕޫރު ނަމަކަށް ކިޔާ ފަގީރު ގައުމަކަށް އަރައިގަތުން ހުއްޓުވަން ސުޕަމޭން މަސައްކަތް ކުރުމަކީ އިސްރާއީލާއި ޣައްޒާގެ މައްސަލައަށް އިޝާރާތް ކުރުމެވެ.
”ބޮޑު ބަޖެޓެއްގެ ހޮލީވުޑް ފިލްމެއްގައި އިސްރާއީލަކީ މުޅިން ސާފުކޮށް ބެޑް ގައި ވިލަން ގައުމެއް ކަމަށް ހީވަނީ ބޮޑު ސަގާފީ މޮމެންޓެއްހެން“، ސިޔާސީ ކޮމެންޓޭޓަރު ކްރިސްޓަލް ބޯލް ސޯޝަލް މީޑިއާގައި ވިއުގަ، އެކްސްގައި ބުނެފައިވެއެވެ.
ފިލްމުގެ އުފެއްދުންތެރިން ސިޔާސީ އެއްވެސް މެސެޖެއް ކަށަވަރުކޮށްދީފައި ނުވި ނަމަވެސް އޮންލައިން ބަހުސް ދަނީ ބޮޑުވަމުންނެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް