ދެލޯދެއްވާފައި ވިއަސް އަނދިރި މީހުންއުޅެއެވެ.

Loading

Facebook
Twitter
WhatsApp

ބަހަކުން ދަތުރުކުރި ލޮލަށް ނުފެންނަ މީހަކަށް ނޭނގިގެން އިށީދެ އިނދެވުނީ އެބަހުގައި އަންހެނުންނަށް ޚާއްސަ ކޮށްފައިވާ ފަޅީގެ ގޮނޑިއެއްގައެވެ. އެވަގުތު އެބަހަށް އެރި އަންހެނަކު އޭނަޔާދިމާލަށް ހަޅޭއްލަވައިގަތެވެ. ތިޔައީ އަންހެނުންގެ ގޮނޑިއެކެވެ. ކަލެޔަށް ލިޔަން ކިޔަންވެސް ނޭނގެނީ ހެއްޔެވެ.

ފިރިހެން މީހާ އެވަގުތު ކުއްލިއަކަށް ގޮޑިން ތެދުވެފަި ބުންޏެވެ.އަހަރެން މީ ލޮލަށް ނުފެންނަ މީހެކެވެ. އެހެންވެ އަހަރެންނަށް ނޭގުނީއެވެ. އަންހެން މީހާ އެވަގުތު ބާރަށް ހިނި ގަނޑެއް ޖަހާލިއެވެ. އަދި ބުންޏެވެ. ”ލޮލަށް ފެންނަންޏާ އެކަނި ދަތުރު ތިޔަ ކުރަނީ ކިހިނަކުން ހެއްޔެވެ.“ފިރިހެންމީހާ ޖަވާބުގައި ބުންޏެވެ.“މަގޭ އަންހެން ދަރިފުޅު އަހަރެންނާއެކީ އެބަ އުޅެއެވެ.“ މިހެން ބުނެ އެކުއްޖާގެ ނަމުން ގޮވާލިއެވެ. ނަމަވެސް އެކުއްޖާގެ ޖަވާބުގެ އަޑެއް ނީވުނެވެ. އަންހެންމީހާ މަލާމާތުގެ ރާގެއްގައި ބުންޏެވެ. ”ކަލޭގެ ދަރިފުޅަށްވެސް ކަލޭ ތިޔަވަނީ ބުރަޔަކަށް ވެފައެވެ.“

އެވަގުތު ޒުވާން އަންހެން ކުއްޖަކު އެމީހުންނާ ދިމާލަށް އަންނަތަން ފެނުނެވެ.އެކުއްޖާ އައިސް އެމީހުންނާއަރާހަމަވެފަ ބުންޏެވެ. ”ބައްޕާއެވެ. އަހަރެން މިއައީ ފާޚާނާއަށް ގޮސްލާފައެވެ. ބައްޕަ އަހަރެންނަށް ގޮވިންހެއްޔެވެ؟“

އަންހެންމީހާ އެނބުރި ބަލާލިއިރު ޒުވާން އަންހެންކުއްޖާގެ އެއްފައިވަނީ ޖަހާފައެވެ.އަދި އޭނާއަށް ހިނގެނީ ވަރަށް މަޑު މަޑުންނެވެ. މިކަމުންވެސް އަންހެންމީހާގެ ހިތަށް ރަހުމެއް ވަނުމުގެ ބަދަލުގައި އިތުރަށް އައީ ރުޅިއެވެ. އަދި ބުންޔެވެ. ”ވާވާއެވެ. ހާއްދަ ހެއްވާ ފެމިލީއެކެވެ.“ މިހެން ބުނެ އޭނާޔާ ބައިވެރިވާނެމީހަކު ވޭތޯ ބަހުގަތިބި އެހެން މީހުންނާ ދިމާލަށް ބަލާލިއިރު އެންމެ މީހަކު ކައިރިޔަށްވެސް ހިންޏެއް ނާދެއެވެ.އެންމެން ތިބީ ވަރަށް ސީރިއަސްވެފަ އަންހެންމީހާޔާދިމާލަށް ބަލަހައްޓައިގެންނެވެ.

އެވަގުތު އަންހެން ކުއްޖާ ވާހަކަ ދައްކަން ފެށިއެވެ. ”ކަލޭތީ ލޮލަށް ފެންނަ މީހެކެވެ. އެކަމަކު ކަލޭގެ ކިބައިގައި ތިޔަހުރި ބޮޑާކަމާ ކިބުރުވެރިކަމާހުރެ ލޮލަށް ފެނުނެއްކަމަކު އެކަމުން ކަލެޔަށް ފައިދާއެއް ނުކުރެއެވެ.“

ދެން ބަހުގަ ހަރުކޮށްފައިވާ ބޯޑެއް އޭނާ ދައްކާލިއެވެ. އޭގައިވަނީ ”މިބަހަކީ ލޮލަށް ނުފެންނަ މީހުންނާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚައްސަ ބަހެއް“ މިހެންނެވެ. އަންހެންމީހާ ބޯޑު ކިޔާލުމަށްފަހު ލަދުން އިސް ޖަހާލިއެވެ.

އެވަގުތު އަންހެން ކުއްޖާ ބުންޏެވެ. ”ލޮލަށް ނުފެންނަނީ މިތަނުން ކާކަށް ހެއްޔެވެ؟ ކަލެއަށް ހެއްޔެވެ؟ ނޫނީ އަހަރެންގެ ބައްޕައަށް ހެއްޔެވެ؟“ އެވަގުތު ބަހުގަތިބި އެންމެން ވެސް ތިބީ ދެރަވެ،ހިމޭންވެފައެވެ. އަންހެންމީހާ ލަދުން ބުނާނެއެއްޗެއް ނޭނގި ބަހުން ފައިބައިގެން ދިޔައީއެވެ.

ތިމާގެ ކިބައިގައިވާ ކިބުރުވެރިކަމާއި ބޮޑާކަމުގެ ސަބަބުން އެހެން މީހުންނާ ދިމާލަށް ބަލާ ނުލާ މީހުން އުޅެއެވެ. އެއީ ދެލޯދެއްވާފައި ވީނަމަވެސް އަނދިރި މީހުންނެވެ.   

Loading

Leave a Reply

ފަހުގެ އަޕްޑޭޓް