ބަންގްލާދޭޝްގެ ސްކޫލެއްގެ މައްޗަށް އެއާފޯސް ފައިޓަރ ޖެޓެއް ވެއްޓުނު ހާދިސާއަށްފަހު ކުދިން ސަލާމަތް ކުރުމަށް މަސައްކަތް ކުރި ޓީޗަރު، މުޅި ހަށިގަނޑު ފިހި،ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.ޓީޗަރު މަހްރީން ޗައުދްރީ ހާލުސީރިއަސްވެ އޮވެ އޭނާގެ ފިރިމީހާ ކައިރީ ބުނި ގޮތުގައި އޭނާޔަށް އިހުސާސްވީ ރޯވެފައިވާ ކްލާސްރޫމްތަކުގައި ތިބީވެސް އޭނާގެ އަމިއްލަ ކުދިންގެ ގޮތުގައި ކަމަށެވެ. އެހެންވެ ވީހާވެސް ގިނަ ކުދިން ސަލާމަތް ކުރެވޭތޯ ބެލީ ކަމަށް އޭނާބުނެފައި ވެއެވެ. މަހްރީން ޗައުދްރީ ގެ މަސައްކަތުން ވަނީ ވިއްސަކަށް ކުދިންގެ ފުރާނަ ސަލާމަތް ކޮށްފައެވެ.
ބަންގްލާދޭޝްގެ އެއާފޯސް ފައިޓަރ ޖެޓް،ވެރިރަށް ޑާކާގައި ހުންނަ މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖްގެ މައްވަށް ވެއްޓުމުގެ ހާދިސާހިނގާފައިވަނީ ހޯމަ ދުވަހު މެންދުރު އެކެއްޖަހާ އެހާއިރުއެވެ. ބޯޓުވެއްޓުމާއި އެކު ބޯޓާއެކު މުޅި ތަނުގައި އަލިފާން ރޯވެގެން ދިޔައެވެ.
އޭގެ ކުޑައިރުކޮޅެއް ކުރިން ޓީޗަރުން ދިޔައީ ދަށް ގްރޭޑް ތަކުގެ ކުދިންނަށް ކިޔެވުން ނިމުމުން ކުދިން ބަލާއަންނަ ބެލެނިވެރިންނާ ކުދިން ހަވާލު ކުރުމަށް ތައްޔާރު ވަމުންނެވެ.
އަލިފާން ރޯވުމާއިއެކު ކްލާސްރޫމް ތެރޭގައި ތިބި ކުދިން ސަލާމަތް ކުރުމުގެ މަސައްކަތް މަހްރީން ޗައުދްރީ ފެށިކަމަށް ވެއެވެ. އަދި އަދި ފަންސަވީހަކަށް ކުދިން ނެރުނު ކަމަށް ވެއެވެ. އޭގެ ތެރެއިން ބައެއް ކުދިންވަނީ ފަހުން މަރުވެފައެވެ. 160 މީހުން ފިހި،އަދި އެހެނިހެން އަނިޔާތައް ވެފައިވެއެވެ. ފަންސާހަށް ވުރެގިނަ ކުދިންނާއި މީހުންނަށް ފިހިގެން ފަރުވާދީފައި ވެއެވެ.
ބޯޓުވެއްޓުމުގެ ހާދިސާގައި 31 މީޙުން މަރުވެފައި ވެއެވެ.އޭގެތެރޭގައި 25 ކުޑަކުދިން kކުދިން ހިމެނެއެވެ.
ބަންގްލާދޭޝް ގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި ތަމްރީން ހަރަކާތެއްގައި އުދުހުނު ބޯޓު ވެއްޓިފައިވަނީ މެކޭނިކަލް މައްސަލަ އެއް ކުރިމަތި ވެގެންނެވެ. މިއީ ބަންގްލޭދޭޝަގައި ގިނަ އަހަރު ތަކަކަށްފަހު ހިނގި މިފަދަ ކުރަތަމަ ހާދިސާއެވެ. މަރުވި ކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން 10 އަހަރާ 15 އަހަރާ ދެމެދުގެ ކުދިންނެވެ.