މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ހިނގާލުން މާލެއާއި ހުޅުމާލޭގައި

Loading

July 24, 2025
profile
Facebook
Twitter
WhatsApp

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ މަގުމަތީގެ ހިނގާލުން މާލެއާއި ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މިގޮތުން، މާލޭގައި ބާއްވަން ހަމަޖެހިފައިވާ ހިނގާލުން ބާއްވާނީ ޖުލައި 26ވަނަ ދުވަހުގެ ހަވީރު 16:15ގައި ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މާޗް ޕާސްޓާއި ކުޅިވަރުގެ ހަރަކާތްތަކާއެކުގައެވެ.

އަދި، ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ ހިނގާލުން ފަށާނީ ޖުލައި 27ވަނަ ދުވަހުގެ ހަވީރު 16:15ގައެވެ.

ސިފައިންގެ ހިނގާލުމުގައި ބޭންޑާއެކު، ފަސް ގެމައެއް ބައިވެރިވާނެއެވެ. މި ހިނގާލުމުގެ މެހިތަރަކަށް ހުންނަވާނީ ސިފައިންގެ އެޖުޓަންޓް ޖެނެރަލް، ކާނަލް ޙުސައިން ޢަލީއެވެ.

މާލޭގައި ބާއްވާ ހިނގާލުމުގައި ވެލާނާގޭ ކަންމަތިން ފަށައިގެން ފަސް ސަރަހައްދެއްގައި ލަޝްކަރު ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ހުއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ، ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ޖަންކްޝަން، މިލިއަން ބުކްޝޮޕް ކައިރި، އަދި ކަޅުތުއްކަލާކޮށީ ހުޅަނގުއުތުރު ކަންމައްޗެވެ. މި ސަރަހައްދުތަކުގައި ލަޝްކަރު މަޑުކޮށް، ބޭންޑުން ރާގު ކުޅޭނެއެވެ.

ހުޅުމާލޭގައި ބާއްވާ ހިނގާލުން ފަށާނީ ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ޓްރެކް ކައިރިންނެވެ. އަދި ދެ ސަރަހައްދަކަށް މަޑުކޮށް، ބޭންޑުން ރާގު ކުޅޭގޮތަށް ހަމަޖެހިފައިވެއެވެ. އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކު އިރުމަތި އެންޓްރާންސްއާއި ސިފްކޯ/ޕޮލްކޯ ފުލެޓްތަކުގެ ހުޅަނގު ފަރާތެވެ.

މިނިވަން ދުވަހުގެ ހިނގާލުމުގައި މި އަހަރު ސިފައިންނާއެކު ސްކޫލުތަކުގެ ކެޑޭޓުންވެސް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް