އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އޯޕީޑީ ސަރަހައްދު، މިރޭ 9.00ން ފެށިގެން ހޮނިހިރު ވިލޭރޭގެ ދަންވަރު 3.00އާ ހަމައަށް ބަންދުކުރުމަށް ނިންމާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އެ ހޮސްޕިޓަލުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، އެ ސަރަހައްދު ބަންދުކުރަނީ އޯޕީޑީ ވޯކްވޭގެ މަރާމާތުގެ މަސައްކަތެއް ކުރުމަށް ކަމަށެވެ.
އެ ސަރަހައްދު ބަންދުކޮށްފައި ހުންނަ ދުވަސްތަކުގައި އޯޕީޑީއަށް ވަނުމަށް ބޭނުންކުރެވޭނީ އިމަޖެންސީ ގޭޓާއި ކެންޓީނަށް ވަންނަ ދިމާގެ ގޭޓު ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި ޑަޔަލިސިސް ސެންޓަރަށް ދިއުމަށްޓަކައި ބޭނުންކުރާނީ އެމްއާރްއައި ސެންޓަރަށް ދިއުމަށް ބޭނުންކުރާ ދިމާ ކަމަށްވެސް އައިޖީއެމްއެޗުން ބުނެފައިވެއެވެ.
މީގެ އިތުރުން، ސްޓްރޯކް ސެންޓަރު ވަނީ އީއެންޓީ ވޯޑުގެ އެޗްޑީޔޫއަށް ބަދަލުކުރެވިފައި ކަމަށްވެސް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.