ޕޯސްޓްމޯޓަމަށްފަހު ޢަބްދުއްރަޙުމާނުގެ ހަށިގަނޑު މާލެ ގެނެސް ވަޅުލައިފި

Loading

July 24, 2025
profile
Facebook
Twitter
WhatsApp

އއ. މާޅޮހުގައި ހަމަލަދީ އަނިޔާވެރި ގޮތަކަށް މަރާލި ޢަބްދުއްރަޙްމާނު އާދަމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު އަނބުރައި ރާއްޖެ ގެނެސް، ވަޅުލައިފިއެވެ.

ޢަބްދުއްރަޙްމާނުގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު، މަސްޖިދުއްތަޢާވުން (އާސަހަރާ މިސްކިތް)ގައެވެ.

ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އޭނާގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ގެންދިޔައީ މިދިޔަ ހޯމަ ދުވަހުއެވެ.

ޖުލައި މަހުގެ 13 ވިލޭރޭ ޢަބްދުއްރަޙުމާނަށް ބޮޑެތި ޒަޚަމުތަކެއް ދީފައި އޮއްވާ ފެނުނީ މާޅޮހުގައި އޭނާ ދިރިއުޅެމުންދިޔަ މާހިޔާގޭގައި ނިދާފައި އޮއްވައެވެ.

އޭނާގެ އަނބިމީހާ، ނާޡިމާ އިބްރާހީމާ ހަވާލާދީ އޭރު ބުނެފައިވަނީ، އޭނާ އެރޭ ނިދީ އެ ގޭގެ އެހެން ކޮޓަރިއެއްގައި ކަމަށާއި، އަދި ފާޚާނާއަކަށް ދާންވެގެން ހޭލެވުނުއިރު އޭނާއަށް ޢަބްދުއްރަޙުމާނު ފެނުނީ ”މަރަށް ތެޅެނިކޮށް“ ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައި ނުވިނަމަވެސް، ތަޙުޤީޤަށްޓަކައި ވަނީ، އެގެއަށް ވަދެފައިތިބި އެންމެންގެ އަތާއި ފައިގެ އިނގިލީގެ ނިޝާން ނަގައި، އެ މީހުންނާ ސުވާލުކޮށް، ސީސީޓީވީ ކެމެރާތަކުގެ ރިކޯޑުވެސް ބަލާފައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، ޢަބްދުއްރަޙުމާނުގެ އަނބިމީހާގެ ފޯނުވެސް ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ހިފެހެއްޓިއެވެ. ނަމަވެސް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފޯނު ވަނީ މިހާރު އޭނާއާ ހަވާލުކޮށްފައި ކަމަށް މަޢުލޫމާތު ލިބެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް