ދޮގުހެދުން ނޫން އެހެން ކަމެއްނުކުރާ މީހަކުގެ ބަސް އަހަރެމެން ގަބޫލެއް ނުކުރާނަން: ހޫތީ މުޖާހިދުން 

Loading

Facebook
Twitter
WhatsApp

އިސްރާއީލުން އިއްޔެ ޔަމަނުގެ ހުދައިދާ ބަނދަރަށް ވައިގެ މަގުން ހަމަލާދީފިއެވެ. މިއީ މި މަހުގެ ތެރޭގައި އިސްރާއީލުން ދިން ދެވަނަ ހަމަލާއެވެ. އިސްރާއީލުން އީރާނަށް ހަމަލާ ދިން ގޮތަށް ހޫތީންގެ ޔަމަނަށް ހަމަލާދީ ވިރާނާ ކޮށްލާފާނެކަމުގެ ބިރުވެރިކަން އަނެއްކާވެސް އުފެދިއްޖެއެވެ.

އިސްރާއީލުން ހޫތީ މުޖާހިދުންގެ ބާރުގެ ދަށުގައި އޮންނަ ޔަމަނަށް ހަމަލާދެމުންގެންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އިއްޔެގެ ހަމަލާތަކަށފަހު އިސްރާއީލުގެ ދިފާއީ ވަޒީރު ކަރްޒު ބުނެފައިވަނީ ޔަމަނަށްވެސް އިރާނަށް ކޮށްލި ވަރު ކޮށްލާނެ ކަމަށެވެ. އޭނާ އިޝާރާތް މިކުރަނީ ދަންވަރު ވަގަށް އީރާނަށް ދިން ހަމަލާތަކަށް މަކުގައި ބައެއް މީޑިއާތަކުން ބުނެފައި ވެއެވެ. އަދި އިއްޔެގެ ހަމަލާތަކުގައި އޭގެ ކުރިން ދީފައިވާ ހަމަލާތަކުން ވީރާނާ ކޮށްލާފައިވާ ތަންތަންވެސް ހިމެނޭނެ ކަމަށާއި އެތަނުން ދުވަސްޔަކަކަށް އިތުރު ހަމަލާއެއް ނުދެވޭވަރަށް މިހާރު އޮންނާނީ ބިމާހަމަކޮށްލާފައެވެ. އިސްރާއީލުން މިފަހަރު ދޭންފެށި ހަމަލާތަކުގެ ބިރުވެރިކަން މުޅިމެދުއިރުމައްޗަށް ފެތުރުގެން ހިނގައިދާނެ ކަމަށް ބެލެވެން ފަށައިފިއެވެ. އަދި އިސްރާއީލުން ދީފާނެ ހަމަލާތަކެއްގެ ސަބަބުން މުޅި މެދުއިރުމަތި ވަރަށް ނުރައްކާތެރި ހާލަތަކަށް ވެއްޓިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަންވެސް ދަނީ ފެތުރެމުންނެވެ.                                       \

އެހެންނަމަވެސް އިއްޔެގެ ވަގުތެއްގައިވެސް ހޫތީ މުޖާހިދުން ވަނީ އިސްރާއީލުގެ ބެންގޫރިއަން އިންޓަރނޭޝަނަލް އެއާރޕޯރޓަށް ޕަލަސްޓީން-2 މަރުކާގެ ހައިޕަރ ސޯނިކް ބެލެސްޓިކް މިސައިލަކުން ހަމަލާ ދީފައެވެ.          

އިސްރާއީލުން އަލުން ދޭން މިފެށި ހަމަލާތަކުގެ މަގްސަދުގެ ތެރޭގައި ހޫތީ މުޖާހިދުންގެ އިސްވެރިން ނައްތާލުން ހިމެނިފައިވުން އެކަށީގެންވާތީ ސައޫދީ އެރޭބިއާއިން ކަންބޮޑުވުން ވަނީ ހާމަކޮށްފައި ކަމަށް ގަލްފުގެ ގައުމެއްގެ އޮފިޝަލަކު އެށޯޝިއޭޓެޑް ޕްރެސްއަށް މައުލޫމާތު ދީފައި ވެއެވެ. ހޫތީ މުޖާހިދުންނަކީ ސައޫދީ އެރޭބިއާއިން ވަނީ ބައިނަލް އަގްވާމީ އެހިތެރިކަމާއެކު ހޫތީ މުޖާހިދުންނާ ދެކޮޅަށް ރަނަގަޅު ނަތީޖާއަކާ ހަމަޔަށް ނުދެވި ދިހަ އަހަރުދުވަހު ހަނގުރާމަކޮށްފައެވެ.                                                 

ހޫތީ ސެކިއުރިޓީ އޮފިސަރަކު ވިދާޅުވެފައިވަނީ އިސްރާއީލުން ކުރިން ދިން ހަމަލާތަކުގައި ހަލާކު ކޮށްލާފައިވާ ތަންތަން މަރާމާތުކޮށްފައިވަނީކޮށް އިއްޔެ ހަމަލާތަކުގައި އަލުން ހަލާކު ކޮށްލާފައިވާ ކަމަށެވެ.             

 އެހެންނަމަވެސް ހޫތީ މުޖާހިދުންގެ ބަހަކީ އިސްރާއީލުން ގައްޒާއަށް ހަމަލާ ދެމުންގެންދާހާ ހިނދަކު ރެޑް ސީ ތެރެއިން އިސްރާއީލާ ގުޅުންހުރި އެއްވެސް ބޯޓަކަށް ސަލާމަތެއް ނޯންނާނެއެވެ. އަދި އިސްރާއީލަށް ހަމަލާދިނުންވެސް ނުހުއްޓާނެ ކަމަށެވެ.                                             

ރެޑް ސީގެ ތެރެއިން ދަތުރުކުރާ އިސްރާއީލާ ގުޅުންހުރި ބޯޓުފަހަރަށް ހަމަލާ ދިނުން ހުއްޓާލައި އިސްރާއީލަކީ ނަސްލީ އިމްތިޔާޒުގައި ހައްދުފަހަނަޅާ ގޮސްފައިވާ ގައުމެއްކަމަށް ދުނިޔެއަށް އިޝްތިހާރު ކުރުން ހުއްޓާލައިފިނަމަ އެމެރިކާއިން ހޫތީ މުޖާހިދުންގެ ސަރުކާރު ގަބޫލުކުރަން ތައްޔާރު ކަމަށާއި އަދި އެކަމުގައި ކުރާނެ އިތުރު މަޝްވަރާއެއްވެސް ނޯންނާނެ އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ ހޫތީ މުޖާހިދުންނަށް ހުށައަޅައިފި ކަމަށްބައެއް އެހެން މީޑިއާތަކުން ޚަބަރު ދީފައި ވެއެވެ.                                            

އެމެރިކާ ޚާރިޖީ ވަޒީރުގެ ހުށައެޅުމަށް ހޫތީ މުޖާހިދުން ދިންޖަވާބުގައި ބުނެފައިވަނީ ދޮގު ހެދުން އެހެން ވާހައެއް ނުދައްކާ މީހަކުގެ ބަސް އަހަރެމެން ގަބޫލު ކޮށްފާނެ ކަމަށް ހީކުރާނީ އޭނާއަށްވުރެން ބޮޑު މަކަރުވެރިއެކެވެ. މިއިން އެނގި ހާމަވެގެންދަނީ ދުނިޔޭގެ އެންމެ ފަގީރު ގައުމުގެ ހަނގުރާމަ ވެރިން ބަލިކުރެވިދާނެ ކަމުގެ ޔަގީންކަން މިންވަރެވެ. ބައެއް އެހެން މީޑިއާތަކުންބުނެފައިވާގޮތުގައި ހޫތީ މުޖާހިދުން ކުރަމުން އެ ގެންދަނީ މުޅި ދުނިޔެއިން ކުރަން މަޖުބޫރު ވެފައިވާ ޖިހާދެކެވެ. އަޅުވެތިކޮށްގެން އިންސާނުންނާއި ގައުމުތައް ގެންގުޅުނު ޒަމާން އަލުން އިއާދަ ވިޔަ ނުދިނުމަށްޓަކައި މި ޒަމާނުގައި އެންމެ ބޮޑު ޖިހާދެއް ކުރަމުން އެ ގެންދަނީ ހޫތީ ހަނގުރާމަ ވެރިންނެވެ.        

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް