ޔޫކްރޭނަށް 2،000 ޑްރޯންގެ ބޮޑު ހަމަލާއެއް ދިނުމަށް ރަޝިޔާ ތައްޔާރުވަމުންދާކަމަށް ޖަރުމަނުގެ އާންމު އިންޒާރަކާ ހަވާލާދީ އިނގިރޭސިވިލާތުގެ ނޫސް، ސަން އިން ރިޕޯޓުކޮށްފިއެވެ.
މިގޮތުން، ސަން އިން ރިޕޯޓުކޯށްފައިވާ ގޮތުގައި، މޮސްކޯއިން ދަނީ ހަނގުރާމައިގެ އެންމެ ބޮޑު ކަމިކާޒޭ ޑްރޯން ހަމަލާއަށް ތައްޔާރުވުމުގެ ގޮތުން އީރާނުން އުފައްދާފައިވާ ޝާހިދު ޑްރޯންތައް ސްޓޮކް ކުރަމުންނެވެ. ސަން އިން ޝާއިއުކުރި މި ހަބަރުން ރަޝިޔާގެ އަލަށް ހަދާފައިވާ ފެކްޓްރީތަކުގައި ފުރާވަރުގެ ކުދިން ޑްރޯން އުފައްދަމުންދާ މަންޒަރު ސިފަކޮށްދީފައިވާއިރު، ކިއެވްގެ ޕެޓްރިއޮޓް ބެޓެރީތައް ފުނޑުފުނޑުވުމުގެ ކުރިން އަގުހެޔޮ ކައުންޓަރ ޑްރޯންތައް ފީލްޑް ކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އިސްރާއީލާއި އެގައުމުގެ އެކުވެރި ގައުމުތަކާއި ދެކޮޅަށް އަސްކަރީ ދިފާއުގައި ކާމިޔާބުކަމާއެކު ބޭނުންކުރުމަށްފަހު އީރާނުގެ ޑްރޯންތައް މިހާރު ގުނާލެވެނީ ދުނިޔޭގެ އެންމެ މޮޅު ޑްރޯންތަކުގެ ތެރޭގައެވެ. އީރާނަކީ ރަޝިޔާ އާއި ޗައިނާއަށް ވެސް މެދުއިރުމަތީގެ އެންމެ އިތުބާރުހިފޭ ބައިވެރިޔާގެ ގޮތުގައި މަޝްޙޫރުވެފައވާ ގައުމެކެވެ.